ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރުސަރަހައްދުގައި ވިޔަފާރި ކުރުމަށް ފާހަގަކޮށްފައިވާ B154 ގެ 11 އަދި 12 ނަންބަރު ބިމުގައި ކޮށްފައިވާ ޢިމާރާތްތައް 10 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
1- ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 މެއި 26 ވަނަ ދުވަހުން ފެށިގެން 2022 ޖޫން 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ބިޑްފޮތް ބައްލަވައި ގެންނެވުން އެދެމެވެ.
2- ބިޑްފޮތެއްގެ އަގަކީ -/150ރ އެވެ.
3- ޕްރީބިޑް މީޓިން އޮންނާނީ 2022 ޖޫން 19 ވަނަ ދުވަހުގެ 10:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައެވެ.
4- ބިޑް ހުށަހެޅުމުގެ ނުވަތަ ބިޑްކެނޑުން އޮންނާނީ 2022 ޖޫން 30 ވަނަ ދުވަހުގެ 12:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައެވެ.
5- ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތެއްގެ ނަމުގައި ބިޑް ހުށައެއް ނޭޅޭނެއެވެ.
6- ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.
މި އިޢުލާނާއެކު ކުއްޔަށް ދޫކުރާ ބިންތައް އެނގޭނޭ ކުރެހުމާއި މަޢުލޫމާތު ކަރުދާސް އެއްކަރުދާސްކޮށް، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.