ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.

ތިރީގައިވާ ރަށްތަކުގައި ފާމަސީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ފާމަސީ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްތައް:

  • ބ. ދޮންފަނު

 

  • ގދ. ފަރެސް މާތޮޑާ

 

 1. މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 2. މަސައްކަތުގެ ބާވަތް: 225 ނުވަތަ 300 އަކަފޫޓުގެ ފާމަސީއެއް، ކަނޑައެޅިފައިވާ ރަށުގައި އިމާރާތް ކުރުން.

 3. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

3.1  ރަޖިސްޓަރ ކުރާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި މި ބާވަތުގެ މަސައްކަތް ކުރާ ފަރާތަކަށްވުން.

3.2  ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވުވަހުގެ ތެރޭގައި، 200،000.00 (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތްކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.

3.2.1       ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެއެވެ.

3.2.2       ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލް އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

 4. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

4.1  ރަޖިސްޓަރ ކުރާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި މިބާވަތުގެ މަސައްކަތް ކުރާ ފަރާތެއްކަން އަންގައިދޭ ލިޔުން (ކައުންސިލްގެ ސިޓީ).

4.2  ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ (3.2 ގައިވާ ގޮތަށް).

 5. ރަޖިސްޓަރީ ކުރުން:

5.1 ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 30 މެއި 2022 ވާ ހޯމަ ދުވަހު 1100 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.  

    އީމެއިލް އެޑްރެސް: [email protected]

 6. ބީލަންކަރުދާސް ދޫކުރުން:

 

6.1  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 31 މެއި 2022 ވާ އަނގާރަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 7. ސުވާލާއި ޖަވާބު:

          

7.1  ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 05 ޖޫން 2022 ވާ އާދިއްތަ ދުވަހު 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 06 ޖޫން 2022 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

 8. ބީލަން ހުށަހެޅުން:

 

8.1  ބީލަން ހުށަހަޅަންވާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހު 1100 ގެ ކުރިން  [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 

ފޯނު:  1422    އީމެއިލް: [email protected]  

    

24 މޭ 2022
ހޯދާ