ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމަށް ބޭނުންވާ ޖާރޒީސެޓުތައް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (މަޢުލޫމާތު ތާރީޙަށް ބަދަލުގެނެވިފައި)

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ ޔޫތު ޑެވެލޮޕްމެންޓް ޕްރޮގްރާމަށް ބޭނުންވާ 500 ޖާރޒީ ސެޓު، މި އެސޯސިއޭޝަންގެ ފަރާތުންދޭ އާރޓްވޯކާއި އެއްގޮތަށް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އިއުލާންކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 މެއި 2022 ވާ ބުދަ ދުވަހުގެ 13:30 ގައި މި އެސޯސިއޭޝަންގެ އޮފީހަށް ވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިމަޢުލޫމާތު ސެޝަންގައި ކަމާއިބެހޭ އާރް.އެފް.ޕީ ހަވާލުކުރެވޭނެ ވާހަކަވެސް ދަންނަވާލީމެވެ.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 / 7756665 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

 

24 މޭ 2022
ހޯދާ