މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (ވަގުތީ)

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ (ވަގުތީ) (އެމް.އެސް 3)

ބޭނުންވާ އަދަދު:

1

މުއްދަތު:

1 އަހަރު

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

7,035.00 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން/ އެސެޓް އެންޑް ލައިބިލިޓީ މެނޭޖްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ލެވަލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އިސްލާޙު ކުރުމުގެ ރިވިއު ކޮމިޓީގައި ބައިވެރިވެ، ރިވިއު ކުރެވޭ ގަވާއިދަށް ގެނެވޭ ބަދަލުތައް މައިކްރޮސޮފްޓް ވޯޑް ފައިލުގައި އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި ރިވިއު ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
  • ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނުގެ މަސައްކަތްތަކާއި ހިންގޭ ޕްރޮޖެކްޓުތަކުގެ ކުއަރޓަރލީ/ބައި-އެނުއަލް/އެނުއަލް ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ރިޕޯޓު ތައްޔާރުކުރުން
  • އެސް.އޭ.ޕީ ލައިސަންސް އެގްރީމެންޓާއި، އެގްރީމެންޓުތަކާ ގުޅޭ އިންވޮއިސްތަކުގެ އެންމެހައި ކަންތައްތަކުގައި އެސް.އޭ.ޕީ އާ ކޯޑިނޭޓްކުރުން
  • ވޯލްޑް ބޭންކުގެ އެހީގައި ހިންގޭ ސްޓްރެންތްނިންގ އޮފް ދަ ޕަބްލިކް އެކައުންޓިންގ ސިސްޓަމް ޕްރޮޖެކްޓުގެ ދަށުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކުރުމާއި ވޯލްޑް ބޭންކް އަދި އެހެނިހެން އެހީދޭ ފަރާތްތަތަކަށް ފޮނުވަންޖެހޭ ލިޔުންތަކާއި ރިޕޯޓުތައް ފޮނުވުން
  • ވޯލްޑް ބޭންކުގެ އެހީގައި ހިންގޭ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން ޕަބްލިކް އެކައުންޓިންގ ސިސްޓަމް ހިންގުމަށް ކަނޑައެޅިފައިވާ ކޮމްޕޯނަންޓުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ޕެންޝަން ޕްރޮޖެކްޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާ ގުޅިގެން ކުރުން
  • ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނަށް ބޭނުންވެގެން ބޭރުގެ މާލީ އެހީދޭ ޕްރޮޖެކްޓުތަކުގެ ދަށުން ހުޅުވާލެވޭ ޕްރޮކިއުމަންޓުގެ އެންމެހައި މަސައްކަތްތައް ކުރުން
  • ބޭރުގެ މާލީ އެހީދޭ އިދާރާތަކުން ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނަށް، ފަންނީ އެހީ ދިނުމުގެ ގޮތުން ފޮނުވާ ކޮންސަލްޓަންޓުންގެ އެންމެހައި ކަންތައްތައް ކޯޑިނޭޓްކުރުން

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައި ވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- SAP ސޮފްޓްވެއަރ ބޭނުންކުރަން އެނގޭ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ އިދާރާތަކުން ދޫކުރާ ލިޔުންތައް

- އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ އަދާކުރައްވާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި:

23 ސެޕްޓެންބަރު 2014 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335/3349171 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

15 ޛުލްޤަޢިދާ  1435

10 ސެޕްޓެންބަރު 2014
ހޯދާ