ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/6,295 ރ ، ސަރވިސް އެލަވަންސް: -/2,000 ރ
( އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަންގެ ދާއިރާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބަލައި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިވުން.
- ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ދާއިރާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.
- ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަންގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޕްރޮޖެކްޓުތައް އެކުލަވާލުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- ޔުނިޓް ހެޑަށް ލަފައާއި މަޝްވަރާ ދިނުމާއި، އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރު.
- ގިނަވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުފަތުރު ކުރެވޭ ފަރާތަކަށްވުން.
- އިންޓަރނޭޝަނަލް ރިލޭޝަން ތަޖުރިބާ ހުރި މިންވަރު.
- ޑޭޓާބޭސް މެއިންޓެއިންސް އިންފޮމޭޝަން ސިސްޓަމް އަޕްޑޭޓް ކުރުން ފަދަ މަސައްކަތުގެ ތަޖުރިބާ ހުރި މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާއި ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
- ސުންގަޑި: 24 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަވިއު އާއި އިމްތިޙާނު ކުރުން 25 ސެޕްޓެންބަރު 2014 އާއި 26 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
20 ޛުލްޤަޢިދާ 1435
|