މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ދޫކުރުން

19 މެއި 2022 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި، 2021 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ 05 (ފަހެއް) ރުފިޔާގެ ޙިއްޞާއަކަށް، 3/50 (ތިން ރުފިޔާ ފަންސާސް ލާރި)، ޖުމްލަ 28,132,122.00 (އަށާވީސް މިލިއަން އެއްލައްކަ ތިރީސްދެހާސް އެއްސަތޭކަ ބާވީސް) ރުފިޔާ ދޫކުރަން ނިންމާފައިވާކަން ކުންފުނީގެ އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

މިގޮތުން ޙިއްޞާގެ ފައިދާ ނެންގެވުމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން، މިކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން، މިކުންފުނީގެ "ޙިއްޞާގެ ފައިދާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ([email protected]) އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ވާހަކަ ދެންނެވީމެވެ. މިފޯމު ކުންފުނީގެ ވެބްސައިޓުން (bit.ly/39Oused) ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއިއެކު ޙިއްޞާގެ ފައިދާ ނެންގެވުމަށް ޙިއްޞާދާރުންގެ ޕޯޓަލް (https://sop.mtcc.com.mv/login)  މެދުވެރިކޮށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

23 މޭ 2022
ހޯދާ