ހިމަންދޫ ސްކޫލް، އ.އ. ހިމަންދޫ
ދިވެހިރާއްޖެ
2022-2023 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2022-2023 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

 

2022-2023 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެށްދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލަނީ ތިރީގައިވާ ތާވަލް އެއްގޮތަށެވެ.

ގުރޭޑު

2022-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް. ކޭ. ޖީ

2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރުު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ. ކޭ. ޖީ

އެލް. ކޭ. ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފެރޭ ދަރިވަރުން

ގުރޭޑު 1

2 އަހަރުގެ ޕްރީސްކޫލް ޕްރަގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން

 

 ވީމާ،2022 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2022-2023 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2022 މެއި 24 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 މެއި 2022                       

 

23 މޭ 2022
ހޯދާ