އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މިމަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފެހުމާއި ގުޅޭ

 

Ref. No. GS42 / 2022 /IUL/ 10

އިޢުލާން

 

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރު ކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭ

 

މިސްކޫލްގެ ދަރިވަރުންނައް އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އެދި ކުރިމަތި ލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

30 މެއި 2022

05 ޖޫން 2022

ގަޑި : 13:30 އަށް

ގަޑި : 13:30 އަށް

 

އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރުމަށް ފުރުޞަތު ދެވޭނީ  ގިނަ ވެގެން ދެ ފަރާތަކަށެވެ. އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.  

ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި" ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކުރުން"މިހެން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

  މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680021 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީadmin@adhatollschool.edu.mv އަށެވެ.

                               23 މެއި 2022

23 މޭ 2022
ހޯދާ