ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑުރައިވިންގ ޓެސްޓް ހެދުމަށް ބޭނުންކުރާނެ ވެހިކަލުގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

މިކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ހަދަންޖެހޭ ފަރާތްތަކުން ދުއްވާނެ ވެހިކަލް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލަން ބޭނުންވެއެވެ. މިގޮތުން އެއްގަމު އުޅަނދުފަހަރުގެ ލައިސަންސްގައި ހިމެނޭ ހުރިހައި ކެޓަގަރީއެއްގެ ވެހިކަލްވެސް މި ދަފުތަރުގައި ހިމެނޭނެއެވެ. ދަފުތަރުގައި ރަޖިސްޓްރީ ކުރެވޭ ވެހިކަލްތައް ބޭނުންކޮށްގެން ޢަމަލީ އިމްތިޙާނު ހަދާފަރާތްތަކުން އެކަމަށް ކަނޑައަޅާ އުޖޫރައެއް ވެހިކަލްގެ ވެރިފަރާތަށް ދޭނެއެވެ.

ވީމާ، މިދަފުތަރުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު 2022 މެއި 31 ވަނަ ދުވަހުގެ ކުރިން ފޯމް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެއެވެ.

ފޯމް ލިންކް : https://forms.office.com/r/1huVWUCB4h

1-     ފުރިހަމަ ނަން

2-     ދާއިމީ އެޑްރެސް

3-     ރަށް

4-     ގުޅޭނެ ފޯނު ނަމްބަރު

5-     ވެހިކަލްގެ ބާވަތް

6-     ވެހިކަލް ހިމެނޭ ކެޓެގަރީ

7-     ވެހިކަލް ރަޖިސްޓްރީ ނަންބަރު

23 މޭ 2022
ހޯދާ