ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
4 ކޮމްޕިއުޓަރ ސިސްޓަމް ގަތުމާއިބެހޭ

އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2022/10

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

4 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް


                މިސެންޓަރަށް 4 ކޮމްޕއުޓަރ ސިސްޓަމް ގަތުމަށް ކުރެވުނު އިޢުލާން ނަންބަރު

 (IUL)CHSE-SMT/1/2022/7  (25 އޭޕްރީލް 2022) އާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ސާފުކުރުމަށް ފަހު، އެއްވެސް ފަރާތަކުން ބިޑްހުށައަޅާފައި ނުވާތީވެ، މިފުރުޞަތު އަލުން ހުޅުވާލަމެވެ.

 މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މިޕްރޮޖެކްޓާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 01 ޖޫން 2022 ވާ ބުދަ ދުވަހުގެ 10:00 ގައި މިސެންޓަރުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 12  ޖޫން 2022 ވާ އާދިއްތަ ދުވަހުގެ  ހެނދުނު 10:00ގައި މިސެންޓަރުގައެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  11  ޖޫން 2022 ވާ ހޮނިހިރު ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

 

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ލިލީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3321330 / 7747673

އީ-މެއިލް: [email protected]

 

22 ޝައްވާލް 1443

23  މެއި 2022

23 މޭ 2022
ހޯދާ