ދިވެހިރާއްޖެ
މަޤާމު : ލެބް އެސިސްޓެންޓް
ބޭނުންވާ އަދަދު : 01
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން : ހިތަދޫ ސްކޫލް
ޝަރުޠު :
ސަރވިސް އެލަވަންސް |
މަޤާމުގެ އަސާސީ މުސާރަ |
ޝަރުޠު |
ކްލެސިފިކޭޝަން
|
ރޭންކް
|
މަޤާމު
|
1500.00
|
4465.00
|
|
އޮފިސަރ ގްރޭޑް 1 |
GS3
|
ލެބް އެސިސްޓެންޓް |
މަޤާމުގެ މަސްއޫލިއްޔަތު : (ހ) ސްކޫލުގެ ސައެންސް ލެބޯރޓްރީގައިވާ ހުރިހާ އިކުއިޕްމެންޓާއި ކެމިކަލްއާއި އެހެނިހެން ތަކެތީގެ ރިކޯޑު ބެލެހެއްޓުމާއި އެތަކެތި ރައްކާތެރިކަމާއެކީ ހުންނަންވާ ތަންތަނުގަ ބެހެއްޓުމާއި ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން. (ށ) ޓައިމްޓޭބަލް ކުރެވިފައިވާ ގޮތަށް ލެބޯރޓްރީ ގަޑިތަކަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމާއި އެ ގަޑިތައް ނެގުމުގައި ޓީޗަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ގަޑިނިމިގެން ބޭނުންކުރި ހުރިހާ އެއްޗެއް ސާފުކޮށް ހުންނަންވާ ތަންތަނަށް ލައި ރައްކާކުރުން. (ނ) ލެބޯރޓްރީއަށް ކާނާގެ އެއްވެސް ބާވަތެއް ނުވެއްދުމާއި ކެމިކަލްފަދަ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ ވަގުތުން ކަމާބެހޭ ފަރާތަށް އަންގާ އަވަސް ޙައްލު ހޯދުން. އުޖޫރައާއި އިނާޔަތްތައް : - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. - ސަރުކާރު މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައި ދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް - ވަޒީފާގެ ޝަރުޠު ( ކަނޑައެޅިފައިވާ އިންސައްތަ : ) - ތަޢުލީމާއި ތަމްރީނު ( ކަނޑައެޅިފައިވާ އިންސައްތަ : %38 ) - މަސައްކަތުގެ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ : %8 ) - އިންޓަވިއު ( ކަނޑައެޅިފައިވާ އިންސައްތަ : %43 ) - ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެމިސްޓްރީ، ފިޒިކްސް އަދި ބަޔޮލޮޖީ އިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ. ހުށަހަޅުއްވަންޖެހޭ ތަކެތި : 1- ވަޒީފާއަށް އެދޭ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި (މި ފޯމު ހިތަދޫސްކޫލްގެ އޮފީހުން ލިބެން ހުންނާނެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް. 3- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓު ކުރެވިފައިވާ ކޮޕީގެ އަސްލު. ) 4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއެކު ) ފޯމު ފޮނުވަންޖެހޭ ތާރީޚު : 23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން ހިތަދޫ ސްކޫލަށް. އިންޓަވިއު އޮންނާނެ ތަނާއި ގަޑި : ހިތަދޫސްކޫލް އޮފީހުގައި، 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި. ހުށަހަޅާ ފަރާތްތަކުގެ ތެރެއިންް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އިންޓަވިއު އަށް އެންގޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6886908 ނަންބަރު ފޯނާއެވެ. |