ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕަރސަނަލް އެސިސްޓަންޓް (ގްރޭޑް 1)

މަޤާމް:        ޕަރސަނަލް އެސިސްޓަންޓް (ގްރޭޑް 1)

ބޭނުންވާ ޢަދަދު:     01 (އެކެއް)

މުސާރަ:         -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:    -/3,000 ރުފިޔާ

ރިސްކް އެލަވަންސް:    -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- ޕީޖީ ބިއުރޯގެ އެނުއަލް ބަޖެޓް ތައްޔާރުކުރުން.

2- އަހަރީ ރިޕޯޓަށް ބިއުރޯއިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

3- ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާ އެޕޮއިންޓްމަންޓްތަކާއި އަދި ދަތުރުތަކުގެ ޚަބަރުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން އޮފީހުގެ ވެބްސައިޓަށްލުމަށް ކުރަންޖެހޭ މަސައްކަތްތައް އައިސީޓީ ސެކްޝަނާއި ގުޅިގެން ކުރުން.

4- ޕީޖީ ބިއުރޯއަށް އަންނަ ސިޓީތަކާއި އީ-މެއިލްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޖަވާބުދިނުން.

5- ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި އެހެނިހެން ބައްދަލްވުންތަކާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އަންނަ ދަޢުވަތުތަކުގެ ހުރިހާ ކަންކަން ބެލެހެއްޓުން.

6- ޕީޖީ ބިއުރޯގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

7- ޕީޖީ ބިއުރޯއަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.

8- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އިސްމުވައްޒަފުންނާއި ޙަވާލުކުރައްވާ މުހިއްމު މަސައްކަތްތައް ކުރިއަށް ދާމިންވަރު ބަލާ، ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ލިސްޓެއް މެއިންޓެއިންކޮށް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.

9- ޕްރޮސިކިއުޓަރ ޖެނެރަލް އިންނަވާ ކޮޓަރިކޮޅުގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ބަލައި ޗެކްކޮށް ބެލެހެއްޓުން.

10- ލަފާދޭ ކޮމިޓީއާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

 

 

ފެންވަރު ނުވަތަ ޝަރުޠު:  ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 30 މޭ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.

2- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

3- މ މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 1-15 ޖޫން 2022 ދެމެދު މާލޭގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv  އިން ލިބެންހުންނާނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

3- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

4- ވަނަވަރު

5- ދރއ. ކާޑުގެ ކޮޕީ

6- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

22 ޝައްވާލް 1443

23 މޭ 2022
ހޯދާ