ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގރ.1

ރޭންކް:GS3

މުސާރަ

މަހަކު -/4465 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިން އެންޑް ހިއުމަން ރިސޯސަސް

ސެކްޝަން

ރެޖިސްޓްރޭޝަން

ޔުނިޓް

އޯ.ޕީ.ޑީ

މަސައްކަތް ކުރަންޖެހޭ ތަން

މަރަދޫ ޞިއްޙީމަރުކަޒު  

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވާ ފަރާތްތަކަށް އިޙުތިރާމާއެކު ޖަވާބުދާރީވުމާއި، އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓުގެ އެންމެހައި ކަންތައް ހަމަޖެއްސުން. އަދި އެ ފަރާތްތަކަށް ކަމާގުޅޭ ހުރިހާ މަޢުލޫމަތު ފޯރުކޮށްދިނުން.

- އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތައް ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީކޮށް ކަނޑައެޅިފައިވާ ތަރުތީބުން މެމޯދުކުރުން

- ފައިލްކުރަންޖެހޭ އެންމެހައި ރިކޯޑުތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން

- އެމްބިއުލަންސްގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް އެ ޚިދުމަތަށް މަގުފަހި ކޮށްދިނުމާއެކު، ލަސްނުކޮށް ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމާއެކު ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން،

- މެޑިކަލް ސެޓުފިކެޓު /ޑިސްޗާރޖް ސަމަރީ ރިފަރެލްފަދަ ތަކެތި ޓައިޕްކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ޢިނާޔަތްތައް

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅާފައިވާ ސެޓުފިކެޓާއި ލިޔެކިޔުންތަކުގެ އަސްލު ގެންނެވުން)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ
  3. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ
  4. ވަޒީފާއަށް އެދޭ ފޯމާއި އެޓޭޗް ކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
  5. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނާ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް (މުއްދަތު) އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރު މަހުގަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ރަސްމީގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6885046، 6885045 އެވެ. ވަޒީފާއަށް އެދޭ ފޯމު ހިތަދޫރީޖަނަލް ހޮސްޕިޓަލް، ހުޅުމީދޫ ޞިއްޙީމަރުކަޒު، ފޭދޫ ޞިއްހީމަރުކަޒު، މަރަދޫ ޞިއްޙީމަރުކަޒު މިތަންތަނުން ލިބެން ހުންނާނެއެވެ.

11 ސެޕްޓެންބަރު 2014
ހޯދާ