ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމު ލޯނުއެހީގެ ފުރުޞަތު

މަތީތަޢުލީމަށް ދާއިމީ ގޮތެއްގައި މާލީއެހީ ދިނުމުގެ ސްކީމް ތަކުގެތެރެއިން ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމްގެދަށުން  ތިރީގައިވާ ލޯނުގެ ފުރުޞަތުތައް ވަނީ ހުޅުވާލެވިފައެވެ.

ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ އަދަދު

ދިވެހިރާއްޖެ

ޑިޕްލޮމާ 5 ، 6 ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ހުރިހާ ދާއިރާއެއް

50

ބެޗެލަރސް ޑިގްރީ 7 ޕްރައިމަރީ ހެލްތު ކެއަރ 25
ޕްރައިމަރީ ހެލްތު ކެއަރ ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް

50

ޖުމުލަ:

125

ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ އަދަދު

ސާކް ޤައުމުތައް

 

ބެޗެލަރސް ޑިގްރީ

 

7

 

ކައުންސެލިންގ

10

ފިޒިކަލް އެޑިޔުކޭޝަން 15
އިކޮނޮމިކްސް 5
އޭ.ސީ.ސީ.އޭ/ ސީމާ (CIMA) 5
ޓޫރިޒަމް 10
ފިޝަރީޒް އެންޑް އެގްރިކަލްޗަރ 10

މި ތާވަލުގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް

10

ސްރީލަންކާ/ ފިލިޕިންސް ބެޗެލަރސް ޑިގްރީ 7 ނާސިންގ 25
ސްރީލަންކާ/ ރަޝިޔާ ބެޗެލަރސް ޑިގްރީ 7 ޑެންޓިސްޓްރީ 5

ބަންގްލަދޭޝް/ ސްރީލަންކާ/ ނޭޕާލް/ ޗައިނާ/ ރަޝިޔާ

ބެޗެލަރސް ޑިގްރީ 7 އެމް.ބީ.ބީ.އެސް 10
ޖުމުލަ: 105

ނޯޓު: މިލޯނު އެހީ ހޯދުމަށްޓަކައި ކޮންމެ ފަރާތަކުންވެސް ހުށަހެޅޭނީ 1 އެޕްލިކޭޝަން ފޯމެވެ. 1 އެޕްލިކޭޝަނަށް ވުރެ އިތުރަށް ހުށަހަޅައިފިނަމަ ހުރިހާ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ކޯހުގެ އަދަދު

މި ސްކީމުން ލޯނުއެހީ ދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. ތަޢުލީމީ މަރުޙަލާއެއް ނިމި އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއް ކަމުގައިވުން.

ށ. ދިވެހިރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 ން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 7 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށްވުން. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށްވުން.

ނ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުން.

ރ. ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓުގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.

ބ. ލޯނަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން.

ޅ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސް ހަދާ ޤައުމުގެ ލޯކަލް ކޯހެއްކަމުގައިވުން.

ކ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

އ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއް ކަމުގައިވުން.

ވ. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މ. ލޯނަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން.

ފ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާއެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން.

ދ. ލޯނުއެހީއަށް އެދޭ ފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރ އެއްހުރުން.

ތ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށަހަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން.

ލ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 8 ގައިވާ ލިސްޓުގައި ހިމެނޭ ކޯހެއްކަމުގައި ނުވުން.

ގ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމުމަށްފަހު، ސަރުކާރުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރުމަށް އެއްބަސްވާ ދަރިވަރެއް ކަމުގައިވުން.

ޏ. ޢުމުރުން 18 އަހަރު ފުރިފައިވުން.

ސ. ދިވެހި ރައްޔިތެއްކަމުގައިވުން.

ޝަރުޠު

  • ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، ޓާޝަރީ ސްޓޫޑެންޓްސް ލޯންސްކީމްގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރީޢާއިން އެޕްލިކޭޝަން ފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
  • ޓާޝަރީ ސްޓޫޑެންޓް ލޯންސްކީމްގެ އުސޫލާއި އުސޫލުގެ އެނެކްސްތައް އަދި އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި ލިބެން ހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
  • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭގޮތް ހެދުމަށްޓަކައި އެޕްލިކޭޝަން ފޯމު ހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަން ފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަން ފޯމު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަން ފޯމަށް ނުވަތަ ފޯމާއެކު ހުށަހެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ފޯމު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން އެޕްލިކޭޝަނެއް ހުށަހަޅާނަމަ ކުރިން ހުށަހެޅި އެޕްލިކޭޝަން ކެންސަލް ކުރުމަށް، ފަހުން ހުށަހަޅާ އެޕްލިކޭޝަނާއެކު ލިޔުމުން ހުށަހަޅަންވާނެއެވެ.
  • ފޯމު ބަލައިގަތުމުގެ އެންމެފަހުދުވަހު ފޯމު ހުށަހަޅަން އައުމުން، ފޯމުގައި ފުރިހަމަނުކުރެވޭ ބައެއް އޮތްނަމަ ނުވަތަ ފޯމު ފުރިހަމަކުރެވިފައިވަނީ ރަނގަޅަށް ނޫންނަމަ، ފޯމު ހުށަހެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމު ރަނގަޅުކޮށްގެން ފޯމުލުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފޯމު ހުށަހެޅުމުގެ އެންމެ ފަހުދުވަހާހަމައަށް މަޑުނުކޮށް ފޯމު ހުށަހެޅުމަށް ނަސޭހަތްތެރިވަމެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. ލޯނުއެހީގެ ދަށުން ކިޔަވަން ފަށާފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
  • ލޯނު ފުރުޞަތަށް އެދި އިޖާބަދެވޭނީ މިޑިޕާޓްމެންޓުގެ ނަންބަރު IUL)166-Schol/166/2014/117) އާއި IUL)166-Schol/166/2014/119) ދެ އިޢުލާނުންކުރެ އެއް އިޢުލާނަށެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމާއި އުސޫލު 16 ސެޕްޓެންބަރު 2014 އިން ފެށިގެން 12 އޮކްޓޫބަރު 2014 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހުގެ 14:45 އަށް، ވެލާނާގޭގެ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމެންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ޑިޕާޓްމެންޓްގެ ވެބްސައިޓަކީ: www.dhe.gov.mv  އެވެ.
  • މި ސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމު.
  • ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް – މާރިޗު 2014 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

އެޕްލިކޭޝަން ފޯމު ބަލައިގަތުން އޮންނާނީ 2014 އޮކްޓޫބަރުމަހުގެ 13 ން 20 އަށް ހެނދުނު 9:00 ން ފެށިގެން 15:00 އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން، ވެލާނާގޭގެ ދެވަނަ ތަޅުމުގައެވެ.

ސުންގަޑި:

ނަންބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށް މިމުއްދަތުގައި މި ޑިޕާޓްމެންޓަށް ވަޑައިގަތުމުން، މި ޑިޕާޓްމެންޓްގެ ކައުންޓަރުން ނަންބަރު ލިބިވަޑައިގަންނަވާނެއެވެ.

ނަންބަރު ދޫކުރުން:

އިތުރު މަޢުލޫމާތު: ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމްގެ އުސޫލާއި އުސޫލުގެ އެޕެންޑިކްސް އަދި އެޕްލިކޭޝަން ފޯމު ބެއްލެވުމަށްފަހު، ސާފުނުވާކަމެއް އޮވެއްޖެނަމަ، އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަންބަރަށެވެ.

11 ސެޕްޓެންބަރު 2014
ހޯދާ