ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ މަސްޖިދުއްޞިއްދީޤް މިސްކިތުގެ އެތެރެބައިގައި އަމިއްލަ ތަކެތީގައި ނެވިލޯން އަޅާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރު: C-381/I-2022/29 (28 އޭޕްރިލް 2022) އިޢުލާނާއިގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބްތަކުގެ އަގާއި މުއްދަތު އެކަށިގެން ނުވާތީވެ އަންދާސީ ހިސާބުތައް ބާޠިލްކޮށްފީމެވެ. އަދި އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
1- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
2- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022/05/23 އިން 2021/05/29 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30އަށް މިއިދާރާއަށް ދުރުވެ ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާނީ މިއިދާރާއަށް ވަޑައިގެން އެކަމަށްއެދޭ ފޯމުންނެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
3- މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
4- ބީލަމުގައި ރަޖިސްޓްރީވުމުގެ ފީއަކީ 150.00 ރުފިޔާ. ނަމަވެސް، ކުރީގެ ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.
5- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖޫން 06 ވަނަދުވަހުގެ 11:00 އެވެ. ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެ. އަދި ބީލަންތައް ހުށަހަހެޅުންއޮންނާނީ މަލްޓިޕާޕާސް އިމާރާތުގެ މީޓިން ރޫމްގައެވެ
6- ބީލަންތައް ހުޅުވުން އޮންނާނީ 2022 ޖޫން 06 ވަނަދުވަހުގެ 11:00ގައި ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.
7- ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީ ކުރުމުން ލިބިވަޑައިގަންވާނެއެވެ. އަދި ބޭނުންފުޅުވެލައްވާ ފަރާތްތަކަށް މެއިލްކުރެވިދާނެއެވެ.
މަސައްކަތުގެ ޖުމުލަ އަގު |
70% |
މުއްދަތު |
20% |
މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން |
5% |
ފަންނީ ޤާބިލްކަން ހުރި މިންވަރަށް |
5% |
އިތުރުމަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- ފޯން : 7908156
- އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.