ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ނަންބަރު (IUL)HAAH/HAAH/2022/10 (25 އެޕްރީލް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާލުކޮށްފައިނުވާތި އެއިޢުލާން ބާޠިލްކޮށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ދަތުރުފަތުރުގެ ޚިދުމަތާއި، ހުރުމާއި އަދި ކެއުމުގެ ޚިދުމަތް 01 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
(IUL)HAAH/HAAH/2022/12 :ނަންބަރ
ހއ.ހޯރަފުށީގައި ކުޑަކުދިންގެ ޑޮކްޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ހއ.އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ޑޮކްޓަރު ހަފްތާއަކު 3 ދުވަހު ހޯރަފުށީ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ދިނުމާއި އަދި ހއ.އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙި މަރުކަޒުގައި އަންހެނުންގެ ޙާއްސަ ޑޮކްޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވާ އަންހެނުންގެ ޙާއްސަ ޑޮކްޓަރު ހަފްތާއަކު 3 ދުވަހު، އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ދިނުމުގެ އިންތިޒާމުގެ ތެރޭގައި ހިމެނޭ، ދަތުރުފަތުރުގެ ޚިދުމަތާއި، ހުރުމާއި އަދި ކެއުމުގެ ޚިދުމަތް 01 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 މެއި 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒަށް ނުވަތަ ހއ.އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] މެއިލަށެވެ.