ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ މަސްޖިދުއްޞިއްދީޤް މިސްކިތުގައި ނެވިލޯން އަޅާދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 23 މޭ 2022 08:37 ގައި ބާތިލް ކުރެވިފައެވެ.


ދ.ކުޑަހުވަދޫ މަސްޖިދުއްޞިއްދީޤް މިސްކިތުގެ އެތެރެބައިގައި  އަމިއްލަ ތަކެތީގައި ކާޕެޓްއަޅާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރު: C-381/I-2022/29 (28  އޭޕްރިލް 2022) އިޢުލާނާއިގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބްތަކުގެ އަގާއި މުއްދަތު އެކަށިގެން ނުވާތީވެ އަންދާސީ ހިސާބުތައް ބާޠިލްކޮށްފީމެވެ. އަދި އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

1-      މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

2-      ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022/05/23 އިން 2021/05/29 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން   11:30އަށް މިއިދާރާއަށް ދުރުވެ ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާނީ މިއިދާރާއަށް ވަޑައިގެން އެކަމަށްއެދޭ ފޯމުންނެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

3-  މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

4-    ބީލަމުގައި ރަޖިސްޓްރީވުމުގެ ފީއަކީ 150.00 ރުފިޔާ. ނަމަވެސް، ކުރީގެ  ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.

5-      ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖޫން 06 ވަނަދުވަހުގެ 11:00 އެވެ. ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެ. އަދި ބީލަންތައް ހުށަހަހެޅުންއޮންނާނީ މަލްޓިޕާޕާސް އިމާރާތުގެ މީޓިން ރޫމްގައެވެ

6-  ބީލަންތައް ހުޅުވުން އޮންނާނީ 2022 ޖޫން 06 ވަނަދުވަހުގެ 11:00ގައި ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

7-   ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީ ކުރުމުން ލިބިވަޑައިގަންވާނެއެވެ. އަދި ބޭނުންފުޅުވެލައްވާ ފަރާތްތަކަށް މެއިލްކުރެވިދާނެއެވެ.

މަސައްކަތުގެ ޖުމުލަ އަގު

70%

މުއްދަތު

20%

މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން

5%

ފަންނީ ޤާބިލްކަން ހުރި މިންވަރަށް

5%

އިތުރުމަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

 

  ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

   - ފޯން : 7908156

       - އީމެއިލް: [email protected]  

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

22 މޭ 2022
ހޯދާ