ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

ދިވެހިރާއްޖެ

ޤައުމު:

ޑިޕްލޮމް، އެޑްވާންސް ޑިޕްލޮމާ އަދި ބެޗެލަރސް ޑިގްރީ

ފެންވަރު:

މިއީ ނަރުހުންނާއި ޓީޗަރުން ތަމްރީނު ކުރުމުގެ ހިލޭއެހީ ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ފުރަތަމަ ޑިގްރީ ފެންވަރަށް މީހުން ތަމްރީނު ކުރުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.

އަދަދު:

25 ފުރުޞަތު

ކޯހުގެ މުއްދަތު: 2 ނުވަތަ 3 އަހަރު

ޑިޕްލޮމާ އިން ނާރސިންގ

ކޯހުގެ ނަން:

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިކޯހަށް ކަނޑައަޅާފައިވާ ޝަރުޠުތައް

ޝަރުޠު:

އަދަދު:

25 ފުރުޞަތު

ކޯހުގެ މުއްދަތު: 3 ނުވަތަ 4 އަހަރު

ބެޗެލަރ އިން ނާރސިންގ

ކޯހުގެ ނަން:

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިކޯހަށް ކަނޑައަޅާފައިވާ ޝަރުޠުތައް

ޝަރުޠު:

 

ކޯހުގެ މުއްދަތު: 2 އަހަރު

އެޑްވާންސް ޑިޕްލޮމާ އިން ޓީޗިންގ

ކޯހުގެ ނަން

އަދަދު:

30 ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިކޯހަށް ކަނޑައަޅާފައިވާ ޝަރުޠުތައް

ޝަރުޠު

 

ކޯހުގެ މުއްދަތު: 3 އަހަރު

އެޑްވާންސް ޑިޕްލޮމާ އިން ޓީޗިން (ފައުންޑޭޝަނާއެކު)

ކޯހުގެ ނަން:

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިކޯހަށް ކަނޑައަޅާފައިވާ ޝަރުޠުތައް

ޝަރުޠު

 

ކޯހުގެ މުއްދަތު: 3 އަހަރު

ބެޗެލަރ އޮފް ޓީޗިންގ

ކޯހުގެ ނަން:

އަދަދު:

30 ފުރުޞަތު 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިކޯހަށް ކަނޑައަޅފައިވާ ޝަރުޠުތައް

ޝަރުޠު:

 

ކޯހުގެ މުއްދަތު: 4 އަހަރު

ބެޗެލަރ އޮފް ޓީޗިންގ (ފައުންޑޭޝަނާއެކު)

ކޯހުގެ ނަން:

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިކޯހަށް ކަނޑައަޅފައިވާ ޝަރުޠުތައް

ޝަރުޠު:

ހ- ކިޔަވަން އެދޭ ކޯހަކީ އިޢުލާނުގައި ކަނޑައަޅާފައިވާ ފެންވަރުގެ ކޯހަކަށްވުން އަދި ޓީޗިންގ ކޯސްތަކުގައި ޓީޗިންގ ޕްރެކްޓިކަމް ހިމެނިފައިވުން.

ށ- ކިޔަވަން އެދޭ ކޯހަކީ ފުލްޓައިމް ކޯހެއް ކަމުގައިވުން. މިގޮތުން ފުލްޓައިމް ކޯހުގައި ބައިވެރިވާ ފަރާތަކީ ފުލްޓައިމް ވަޒީފާގައި އުޅޭ ފަރާތަކަށް ވެގެން ނުވާނެއެވެ.

ނ- މި ސްކީމްގެ ދަށުުން އެހީއަށް އެދި ހުށަހަޅާ ފަރާތަކީ އެހެން އެއްވެސް ފުރުޞަތެއްގެ ދަށުން އެހީ/ލޯން ދެމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ރ- މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައިނިންމުމަށްފަހު، މި ޑިޕާޓްމަންޓުން ކަނޑައަޅާ އަތޮޅެއްގައި ހަމަޖެހިފައިވާ މުއްދަތަކަށް މަސައްކަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

އިތުރު ޝަރުޠު:

  • ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. ކޯހަށް ހޮވުމުގައި ތަޢުލީމީ ފެންވަރަށް ބަލައި، އިސްކަންދޭނެ ތަރުތީބު އެނެކްސް 1 ގައި އެވަނީއެވެ. މިގޮތުން ލިބޭ ޕޮއިންޓް އެއްވަރު ވެއްޖެނަމަ ފުރުޞަތު ލިބޭ ދަރިވަރަކު ހޮވާނީ ގުރުއަތުލައިގެންނެވެ.
  • ކުރިން ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އެކޯސް ފުރިހަމަކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެންކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓްދެވެން ނޯންނާނެތީ އެފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލުވާނެއެވެ. 
  • މި ސްކީމްގެ އެޕްލިކޭޝަން ފޯމާއި އުސޫލު އަދި ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓް ދޭގޮތުގެ ތަފުސީލު މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. ވީމާ، މިފުރުޞަތަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އެހީ ދޫކުރުމުގެ އުސޫލަށް ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
  • މިއިޢުލާނުގައިވާ ސުންގަޑި ހަމަވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅި ފަރާތުން އެއްވެސް އެޕްލިކޭޝަނަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެގޮތުން ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްވެސް، އިޢުލާނުގައިވާ ސުންގަޑި ހަމަވުމަށްފަހު ބަލައެއް ނުގަނެވޭނެއެވެ.
  • ނާރސިންގގެ ހިލޭ އެހީގެ ގޮތުގައި ހުޅުވާލެވިފައިވާނީ 50 ޖާގައެވެ. އަދި، ލޯނު އެހީގެ ގޮތުގައި 25 ފުރުޞަތު ހުޅުވާލެވިފައިވެއެވެ. ޓީޗިންގގެ ހިލޭ އެހީގެ ގޮތުގައި ހުޅުވާލެވިފައިވަނީ މުޅިއެކު 60 ފުރުޞަތެވެ. އަދި ލޯނުގެ ގޮތުގައި ޖުމްލަ 90 ފުރުޞަތު ހުޅުވާލެވިފައިވެއެވެ. ލޯނު ފުރުޞަތުތަކުގެ މައުލޫމާތު އިޢުލާނު ނަންބަރު IUL)166-Schol/166/2014/117)ފ(11 ސެޕްޓެންބަރު 2014)ގައި ބަޔާންކޮށްފައިވާނެއެވެ. ހިލޭއެހީގެ ޖާގައަށް ވުރެ ކުރިމަތިލާފައިވާ ކެންޑިޑޭޓުން ގިނަވާނަމަ، އަދި ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ކެންޑިޑޭޓުން، ލޯނު ފުރުޞަތު ބޭނުންކަމުގައިވާނަމަ، ލޯނު ކަނޑައެޅިފައިވާ އަދަދަށް ލޯނު ފުރުޞަތު ހަމަޖައްސައިދިނުމުގައި އެޕްލިކޭޝަނަށް ބެލޭނެއެވެ. ޝަރުޠު ހަމަވެ، ބޭނުންވާކަމުގައިވާނަމަ، ލޯނުގެ ފުރުޞަތަށް ހަމަޖައްސައިދެވޭނެއެވެ. ލޯނު ދިނުމުގެ ޝަރުޠުތައް މިޑިޕާޓްމަންޓްގެ IUL)166-Schol/166/2014/117)ފ(11 ސެޕްޓެންބަރު 2014) އިޢުލާނުގައާއި، އެއާއެކު ޢާންމުކޮށްފައިވާ އުސޫލު އަދި އެނެކްސްތަކުގައި ބަޔާންކޮށްފައިވާނެއެވެ. ވީމާ، ހިލޭ އެހީއަށް ހުށަހަޅާ ފަރާތުން ހިލޭ އެހީ ނުލިބޭނަމަ، ލޯނު އެހީ ހޯދަން ބޭނުންވާނަމަ، އެކަން އެޕްލިކޭޝަން ފޯމުގައި ފާހަގަ ކުރަންވާނެއެވެ.
  • ޖާގަ ހަމަވާވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާނަމަ، ޔުނިވަރސިޓީއަށް ވަނުމުގެ ޝަރުޠު ހަމަނުވާ ކެންޑިޑިޑޭޓުންނަށް ފައުންޑޭޝަނާއެކު ކޯސް ހެދުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ.
  • ޓީޗިންގއާއި ނާރސިންގގެ އިޢުލާނު ކުރެވެނު އަދަދަށް ކޮންމެ ލެވެލަކުން ކެންޑިޑޭޓުން ހަމަނުވާނަމަ، ޖުމްލަ ހަމަކުރުމުގައި ލެވެލްތައް އެއްކޮށްލައިގެން ބެލޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި ސްކީމްގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އެޕްލިކޭޝަން ފޯމެވެ.
  • މިކޯހަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކަށް ވާންޖެހޭނެއެވެ. އަދި ޑިޕްލޮމާ ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • އެކެންޑިޑޭޓަކު ސެޓުފިކެޓު ހާސިލު ކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ޢާންމުކޮށް މި ޑިޕާޓްމަންޓުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު މިޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
    • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
    • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު.(ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
    • މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
    • ސަރުކާރު ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެ މީހަކު ދޫކުރާނެކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
    • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާރމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. ( އެޓެސްޓެޑް އޮރިޖިނަލް ) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
    • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
      • ޕްލޭސްމަންޓް ލެޓަރ (ލިބިފައިވާނަމަ)، ފުލްޓައިމް ކޯހެއްކަން ޕްލޭސްމަންޓުން އެނގެން އޮތުން.

ހުށަހަޅަންޖެހޭ ތަކެތި:

ފޯމު ހުށަހަޅާނެ ތަނާއި ސުންގަޑި:20 އޮކްޓޫބަރު 2014 ގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށް (ވެލާނާގޭގެ 02 ވަނަ ފަންގިފިލާ)

ކޯހަށް އެދޭ ފޯމު 16 ސެޕްޓެންބަރު 2014 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރުފަހުގެ 14:30 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341371 އިން ލިބިވަޑައިގަންނަވާނެއެވެ.

11 ސެޕްޓެންބަރު 2014
ހޯދާ