ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފ.އަތޮޅު ހޮސްޕިޓަލުގެ ބޭނުމަށް 2 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް

ފ.އަތޮޅު ހޮސްޕިޓަލުގެ ބޭނުމަށް 2 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 މެއި 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 30 މެއި 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ([email protected]) އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ފ.އަތޮޅު ހޮސްޕިޓަލްގައެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 30 މެއި 2022 ވާ ހޯމަ ދުވަހު ހެނދުނު 11:00 ކުރިން 6740576 ، 6740577 އަށް ގުޅައިގެން ނުވަތަ ([email protected]) އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

22 މޭ 2022
ހޯދާ