ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސައުތުއޭޝިއަން ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ ފުރުޞަތު

ސާރކް ޤައުމުތަކުގެ ފަރާތުން އިންޑިއާގެ ނިއުދިއްލީގައި ހިންގަމުންދާ ސައުތުއޭޝިއަން ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ ފުރުޞަތުތައް ސާރކް ޤައުމުތަކުގެ މީހުންނަށް ވަނީ ހުޅުވާލައިފައެވެ. މީގެ ތެރޭގައި ދާއިމީ ވަޒީފާތަކާއި ވިޒިޓިންގ ޕޮޒިޝަންސްގެ ފުރުސަތުތައް ވެސް ވެއެވެ. އޭގެ އިތުރުން ޔުނިވަރސިޓީގެ ޑިރެކްޓަރ ފައިނޭންސްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ސާރކްގެ ހުރިހާ ޤައުމުތަކެއްގެ މީހުންނަށް ވަނީ ހުޅުވާލައިފައެވެ.

މި ވަޒީފާތަކަށް އެޕްލިކޭޝަން ފޮނުވުމުގެ ފަހު ތާރީޚަކީ 15 އޮކްޓޫބަރު 2014 ކަމުގައި އެޔުނިވަރސިޓީން ވަނީ އަންގަވައިފައެވެ.

ވީމާ މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، ބޭނުންވާ އިތުރު މަޢުލޫމާތު  http://www.sau.ac.in/recruitment/jobs.html މި ލިންކުން ހޯއްދަވައިގެން ކުރިއަށް ގެންދިއުމުގެ ފުރުޞަތު އޮތްކަން އާންމުކޮށް އެންގުމުގެ ގޮތުން ދެންނެވީމެވެ.

15 ޛުލްޤަޢިދާ 1435

10 ސެޕްޓެންބަރު 2014
ހޯދާ