މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު – ކައުންސިލަށް ޕިކަޕް ގަތުން

  1. މިރަށުގައި ކުނިމެނޭޖް ކުރުމަށް ބޭނުންވާ 2 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރ (IUL)322-M/322/2022/19 (15 މާރިޗު 2022) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަގު، ބަޖެޓަށް ނުފެތޭތީ، 2 ޓަނުގެ ބަދަޅުގައި 1.5 ޓަނުގެ ޕިކަޕެއް ފޯރުކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާބެހޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބީލަންފޮތުގައި ހިމެނިފައިވާނެއެވެ. ބީލަންފޮތް މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައި އެވަނީއެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 މޭ 2022 ވާ އަންގާރަ ދުވަހުގެ ހެދުނު 09:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  5. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  6. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6600007 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
22 މޭ 2022
ހޯދާ