ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަ ސޯޝިއޯ އިކޮނޮމިކް ބޭސްލައިން ސްޓަޑީ އިން ދަ ނޯރދަން އައިލެންޑްސް އޮފް ދަ މޯލްޑިވްސް" ގައި ޙަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްކަމުގައިވާ "އަ ސޯޝިއޯ އިކޮނޮމިކް ބެސްލައިން ސްޓަޑީ އިން ދަ ނޯރދަން އައިލެންޑްސް" ގެ ދިރާސާކުރުމަށް ވަނީ ރިޔާން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިދފައިވަނީ 15 މެއި 2022 އިން 06 ޖޫން 2022 އާ ދެމެދުއެވެ. މިގޮތުން މި މަޝްރޫޢު ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި ގޭ ބިސީތަކަށް ކުރާ ސަރވޭއެއް ރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ސަރވޭ ކުރިއަށް ގެންދިއުމަށްޓަކައި އެނިއުމަރޭޓަރސްގެ ގޮތުގައި ޙަރަކާތްތެރިވުމަށް ތިރީގައި މިދަންނަވާ ކްރައިޓީރިއާއަށް ފެތޭ ކުދިން ބޭނުންވާކަމުގައި ރިޔާން ޕްރައިވެޓް ލިމިޓެޑުން މިކައުންސިލަށްވަނީ އަންގަވާފައެވެ.

  • ކުދިންގެ ޢަދަދު: 4
  • ތަޢުލީމީ ފެންވަރު: އޯލެވެލް
  • މުއްދަތު: 15 މެއި 2022 އިން 6 ޖޫން 2022 އާ ދެމެދު 2 ދުވަހުގެ މުއްދަތަށް.
  • މަސައްކަތްކުރަންޖެހޭ ގަޑި: ހެނދުނު 9:00 އިން ހަވީރު 5:00 އަށް (ދުވާލަކު 8 ގަޑިއިރު)
  • އުޖޫރަ: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 350 ރުފިޔާ
  • ޑާޓާ އެލަވަންސް: 106 ރުފިޔާ
  • ސަރވޭ ކުރުމުގައި ކުރިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ހަމަވާ ފަރާތްތަކުން 26 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގައި ނަން ނޯޓްކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ ނަންބަރު 6520047 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 މޭ 2022
ހޯދާ