ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ކ.މާލެ)

ސްޕައިން ޕޮއިންޓް:

24

ގްރޭޑް:

5

މުސާރަ:

މަހަކު 7,151/26 ރ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހުރިހާ ޑިޕާރޓްމަންޓްތަކުން މަޢުލޫމާތު ހޯދައިގެން ލިޔެ ފެކަލްޓީގެ ޔައުމިއްޔާ ޤަވާޢިދުން ދުވަހުން ދުވަހަށް،   ސޮއިކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  2. އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުން. ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  3. ކޯސްތަކަށް ކިޔަވައި ދޭން އަންނަ ޕާރޓްތައިމް/ ފުލްޓައިމް ލެކްޗަރަރ އިން ކިޔަވައިދިނުމަށްބޭނުންވާ އިދާރީ ކަންތައްތަކުގައި އެހީތެރިވުން.
  4. ކުލާސް ރޫމްތަކާއި، ސްޓޫޑިއޯތަކާއި ލެބްތައް ޗެކްކޮށް، އެތަންތަނަށް ކަޑައެޅިފައިވާ އަދަދަށް ގޮނޑިޔާ މޭޒާ، ގަޑިޔާއި ޑަސްބިންފަދަ ތަކެތި ހުރޭތޯ ބަލާ އެތަންތަނުގައި މަދުވެފައިވާ ނުވަތަ ބާވެ ހަލާކުވެފައިވުމުގެ ސަބަބުން ބަދަލުކުރަންޖެހިފައިވާ އައިޓަމްތައް ދެނެގަނެ އެއައިޓަމްތައް ހަމަކުރުން.
  5. ދަރިވަރުން ގެންނަ އެސައިންމެންޓްތަށް ބަލައިގަނެ ލިސްޓްތައް ތައްޔާރުކޮށް ލެކްޗަރަރ އިންނާ ހަވާލުކުރުމާއި ހަވާލުކުރެވިފައިވާ އެކަޑަމިކް ޑިޕާރޓްމަންޓްގެ އެންމެހާ އިދާރީ މަސައްކަތްތައްކުރުން.
  6. ދަރިވަރުންގެ ފީލްޑް ދަތުރުތަކުގެ މަޢުލޫމާތު ލިބުމުން ދަތުރުތަކާ ގުޅޭގޮތުން ޔުނިވަރސިޓީގެ މަރުކަޒަށް ފޮނުވަންޖެހޭ ސިޓީތައް  ފޮނުވުމާއި  އެކަމާގުޅޭ ކަންކަމުގައި މުޢާމަލާތް ކުރަންގެހޭ ފަރާތަކާ މުޢާމަލާތްކޮށް ދަތުރުގެ ކަންކަން ހަމަޖެއްސުން.
  7. ކޮންމެ ހަތަރު ހަފުތާއަކުން ހަވާލުކުރެވިފައިވާ ޑިޕާރޓްމަންޓްގެ ދަރިވަރުންގެ އެޓެންޑެންސް ރިޕޯރޓް ތައްޔާރުކޮށް ނޯޓިސް ބޯޑަށް ލުމާއި ލެކްޗަރަރުންގެ އެޓެންޑެންސް ރިޕޯޓް (ޓީޗާރސް ޓްރެކިންގ ރިޕޯޓް) ޤަވާއިދުން ހަދާ، އެޗް.އޯ.ޑީ އާއި ޑީން އަށް ފޮނުވުން.
  8. އެޗް.އޯ.ޑީންގެ ލަފާގެމަތިން ޕާރޓައިމް ލެކްޗަރަރއިން ހޯދުމުގެ އިދާރީ މަސައްކަތްތައް ކުރުމާއި މިބޭފުޅުން ކުލާސް ނަންގަވަން ފެށުމުގެކުރިން، ޔުނިވަރސިޓީން ކަޑައަޅާފައިވާ އުސޫލާއެއްގޮތަށް ކޮންޓްރެކްޓްތައް ހަދާ ސޮއިކުރުވުމާއި، ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން ޕާރޓައިމް ލެކްޗަރަރއިންގެ ޕޭޝީޓް ތައްޔާރުކޮށް އިދާރީ މަރުކަޒަށް ފޮނުވުން.
  9. ހަވާލު ކުރެވިފައިވާ ޑިޕާރޓްމަންޓްގެ އޭ.އާރު.ސީ މީޓިންތަކާއި، ކަރިކިއުލަމް ކޮމިޓީގެ މީޓިންތަކާއި އަދި ހަވާލުކުރެވިފައިވާ އެހެނިހެން ކޮމިޓީތަކުގެ މީޓިންތައް ރާވައި، މީޓިންގްތަކަށް ޙާޒިރުވުމާއި އަދި އެމީޓިންތަކުގެ ޔައުމިއްޔާތައް ލިޔެވި ފައިލުކުރުން
  10. އެޗް.އޯ.ޑީންނާއި ގުޅިގެން ޓައިމްޓޭބަލް ހެދުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދާ ޓައިމްޓޭބަލް އެކުލަވާލައި،  ކަނޑައެޅިފައިވާ ދުވަހުގެ ކުރިން، ފެކަލްޓީގެ ޓައިމްޓޭބަލް ރިލީސްކުރުން
  11. ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  12. އޮފީހުން ހަމަޖައްސާ ގޮތެއްގެ މަތީން އިތުރުގަޑީގެ ޑިއުޓީތަކަށް ނިކުތުމާއި، ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތީން އޮފީސް ހުޅުވާ ލެއްޕުން
  13. މަތީގައިވާ ކަންތައްތަކުގެ އިތުރުން ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ޖޫން 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-167-FEST

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
22 މޭ 2022
ހޯދާ