މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާ މަރާމާތުކުރުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

  1. މިއިދާރާގެ އޮފީސް މަރާމާތުފޭސް-2 ގެ ދަށުން ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަމްބަރ (282/282/2022/28) އާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ އެފުރުސަތު އަލުން ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
  3. މިބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 މެއި 25 ވާ ބުދަ ދުވަހުގެ 12:00 ގައި މިއިދާރާގައި އޮންނާނެއެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 މެއި 29 ވާ އާދިއްތަ ދުވަހުގެ 13:00ގައި މިއިދާރާގަ އެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު
    ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ/ ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން:           6540056

އީމެއިލް:         [email protected]

22 މޭ 2022
ހޯދާ