ދިވެހިރާއްޖެ
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: ޖީ.އެސް 4
ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 2
މުސާރަ : -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : އިންސްޓިޓިއުޝަން ރެޖިސްޓްރޭޝަން ޔުނިޓް، ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ރާއްޖޭގެ ކިޔަވައިދޭ ތަންތަން (ސްކޫލު، ޕްރީސްކޫލް، ޓިއުޝަން ކުލާސް އަދި ޤުރުއާން ކުލާސް) ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ޑޮކިޔުމެންޓުތައް ތައްޔާރުކުރުން.
- ރާއްޖޭގެ ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ތައްޔާރުކޮށް ޕްރިންޓްކުރުން.
- ރާއްޖޭގެ ކިޔަވައިދޭ ތަންތަނުގެ ޑާޓާބޭސް ބެލެހެއްޓުން.
- ރާއްޖޭގެ ކިޔަވައިދޭ ތަންތަނުގެ ބެޖު ދިދަ، އަދި ޔުނީފޯމު ގެ ކުރެހުންތައް ރައްކާކޮށް ބެލެހެއްޓުން.
- ރާއްޖޭގެ ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމަށްފަހު ހުރިހާ ޑޮކިޔުމެންޓުތައް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ކިޔަވައިދޭ ތަންތަނާ ބެހޭގޮތުން މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އިސްވެރިޔާގެ ލަފާގެމަތީން މަޢުލޫމާތު ފޯރުކޮށްދިނުން.
- ރާއްޖޭގެ ކިޔަވައިދޭ ތަންތަނުން ނަގާ ފީ ނެގުމުގެ އުޞޫލު ތައްޔާރުކުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
- ރާއްޖޭގެ ސްކޫލުތަކުގެ ފީ ނެގުމާބެހޭ ކޮމެޓީގެ ސެކްރެޓެރިއޭޓް ބެލެހެއްޓުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
- ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތްތަކާ މުޢާމަލާތުކޮށް ހުށަހަޅާ ޑޮކިޔުމެންޓުތައް ހަމަތޯބަލައި ޗެކުކުކޮށް އެފަދަ ފޯމުތައް ބަލައިގަތުން.
- ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންގެ ނަތީޖާ އެނަލައިޒް ކުރުމުގައި އެހީތެރިވެ ދިނުން.
- ރާއްޖޭގެ ސްކޫލުތަކުގެ ބަޖެޓު ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން
- ކިޔަވައިދޭ ތަނެއްގެ ފީއަށް ބަދަލެއް ގެނަސްފިނަމަ، އެފަދަ ތަންތަނުގެ މަސްއޫލުވެރީންނަށް އެކަން އެންގުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް އެކަންއެންގުން.
ޝަރުޠު:
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 24 ސެޕްޓެންބަރު – 02 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mv އިން ލިބިވަޑައިނަވާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ.