ދިވެހިރާއްޖެ
އިޢުލާން
| 
 ވޭޖް އެމްޕްލޯއިމެންޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެ 
  | 
މި އިދާރާގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ އއ.ހިމަންދޫ މަސްޖިދުލްޢުލާ މިސްކިތުގައި މިވަގުތު ހުރި އިމާމު ޗުއްޓީ ނެގުން ނުވަތަ ސަލާމް ބުނުމާއި ގުޅިގެންހޭދަވާދުވަސް ތަކުގައި މިސްކިތާ ހަވާލުވެ ބަންގިގޮވުމައި އިމާމުވެ ނަމާދު ކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ޕޫލްގެ ދަށުން މީހުން ނެގުމަށް ބޭނުންވެއްޖެއެވެ.
މަޤާމު: އިމާމު ( ވަގުތީ )
މަސައްކަތް ހަމަޖެހިފައިވާ ތަން: އއ. ހިމަންދޫ މަސްޖިދުލް ޢުލާ މިސްކިތް
ބޭނުންވާ ޢަދަދު: 2
ރަށް: އއ. ހިމަންދޫ
އަސާސީ ޝަރުތު
| 
 މަޤާމު  | 
 ކުލެސިފިކޭޝަން  | 
 ޝަރުތު  | 
 މުސާރަ  | 
| 
 މަސައްކަތު  | 
 ވޭޖް އެމްޕްލޯއިމެންޓް  | 
 1. އިމާމު ކަމުގެ ސަނަދު އޮތުން ނުވަތަ އިސްލާމް މުދައްރިސްކަމުގެ ސަނަދު އޮތުން ނުވަތަ ޤާރީ ކޯސް ފުރިހަމަ ކޮށްފައިވާ މީހަކަށް ވުން ނުވަތަ ތަޖުވީދު މަގުން ރީތިކޮށް ޤްރުއާން ކިޔަވަން އެނގުން 
  | 
 މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 53.00 ރޭޓުންނެވެ. 1 އަހަރުގެ މުއްދަތަށް  | 
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް: ކައުންސިލް އިން އަންގާ ގޮތެއްގެ މަތިން މިސްކިތުގައި އިމާމުވެ ނަމާދު ކުރުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 6660061
ފެކްސް: 6660061
މެއިލް އެޑްރެސް: [email protected]
ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންތައްތައް
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތައުލީމާއި ހުނަރާއި ތަޖުރިބާ މިންވަރު ، ކަން ކަމުގައި އިސްނެގުމާއި އިސްވެއުޅުން އަދި ރާވާހިނގޭ މިންވަރު، ވަގުތަށް ކަމޭއްހިތުމާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރާމިންވަރު
މިމަގާމަށް އެދޭ ފަރާތްތަކުން 26 މެއި 2022 ވާ ބުރާސްފަތި ދުވަހު މެންދުރު 14:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއި އެއްކޮށް އއ. ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ތަކެތި: - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އެޓެސްޓެޑް ކޮށްފައި
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ
ލިޔުންތަކުގެ ކޮޕީ
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނަ ތަނާއި ތާރީޙް 1 ދުވަސް ކުރިން އަންގާނެވާހަކަ ދެންނެވީމެވެ.
ނޯޓް: މި މަޤާމްތަކަށް މީހުން ނެގި ނަމަވެސް މަސައްކަތަށް ނެރެވޭނީ މިހާރު މިސްކިތުގައި ތިބި ދާއިމީ މުވައްޒަފުން ޗުއްޓީ ނަގާ ހާލަތުގައި އެ ދުވަސްތަކަށް އިސްކަންދޭ ތަރުތީބުންނެވެ.
