މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:


                J-288706

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 5

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯރޕަރޭޓް އެފެއާރޒް ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ފިނޭންސް

މުސާރަ:

މަހަކު  13,890.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00  ރުފިޔާ

އެހެނިހެން އެލަވަންސް:

-         ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

-         ސަޕޯރޓިންގ ކޯ އެލަވަންސް: 1500.00 މަހަކު

-         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-         ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯޕަރޭޓް އެފެއަރޒް ޑިވިޝަންގެ ދަށުގައިވާ ސެކްޝަންތަކާއި ޔުނިޓްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ސީދާ އޮފީހުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާއެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެލެހެއްޓުން.
  2. އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓެރެޓަޖީތަކުގެ ދަށުން މަސްއޫލުވާ ސެކްޝަންތަކުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ހަލުވިކަމާއެކު ނަތީޖާ ބޮޑުގޮތެއްގައި ހިންގައި ބެލެހެއްޓުން.
  3. އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގަޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުން.
  4. އޮފީހުން ހިންގާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ފުރިހަމަކުރުމުގައި ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާކުރުމާއެކު ފުރިހަމަކުރުމަށް މަސައްކަތްކުރުން.
  5. އޮފީހުގެ އިސްވެރިޔާގެ ލަފަޔާއެކު ދާއިރާއާއި ގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް ހެދުމާއި އިސްލާޙުކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް އިޞްލާޙުކުރަމުން ގެންދިއުން.
  6. ކޯޕަރޭޓް އެފެއަރޒްގެ ސެކްޝަންތައް އެވަގުތެއްގައި ކުރިޔަށް ގެންދިއުމަށް ކަނޑައެޅޭ މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމުގައި ލަފަޔާ މަޝްވަރާދެއްވުމާއެކު ދިމާވާ ދަތިތައް ޙައްލުކުރެއްވުމާއި އަދި މަސައްކަތްތައް ހިނގާގޮތްބެއްލެވުމާއި މަސައްކަތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކާ ކަމާބެހޭ ފަރަތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ފިޔަވަޅުއެޅުއްވުން.
  7. ޑިވިޜަންގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާނުހިންގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރާވާ ހިންގުން.
  8. ޑިވިޜަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް ރޭވުމުގައި ޑިވިޜަންގެ ބައްދަލުވުންތައް ބޭއްވުމަށް ލަފާދިނުން.
  9. ޑިވިޜަންގެ ދަށުގައިވާ ސެކްޝަންތަކުގެ ވެރިންނަށް ސެކްޝަންތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ލަފަޔާއި، އިރުޝާދު ސެކްޝަން ހެޑުންނާއި މުވައްޒަފުންނަށް ދިނުން. އަދި ޑިވިޜަންގެ ދަށުގައިވާ ސެކްޝަންތަކުގެ މުވައްޒަފުންގެ ކަންތައްތައް ސެކްޝަން ހެޑުން މެދުވެރިކޮށް ބެލެހެއްޓުން.
  10. ޑިވިޜަންގެ ދަށުގައިވާ ސެކްޝަންތަކުގެ ވެރިންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މަސައްކަތުގެ ފެންވަރު ބެލުން.
  11. އޮފީހުގެ އަހަރު ރިޕޯޓް ތައްޔާރު ކުރުމަށްޓަކައި ޑިވިޜަނުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ޑިވިޜަންގެ ދަށުގައިވާ ސެކްޝަންތަކުގެ އިސްވެރިންލައްވާ ފޯރު ކޮށްދިނުން.
  12. އޮފީހުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށްޓަކައި ޑިވިޜަންތަކުން ހޯދަންޖެހޭ ބަޖެޓް ހޯދުމުގެ މަސައްކަތްކުރުމާއި އޮފީސް ބެޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުން.
  13. ޑިވިޜަންގެ ވޯރކް ޕްލޭންތައްޔާރުކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި، ސެކްޝަންތަކުގެ ވެރިން މެދުވެރިކޮށް ވޯރކް ޕްލޭންގައި ހިމެނޭ ކަންތައްތައް ރާވާ ހިންގުން.
  14. ޑިވިޜަނަށް އަންނަ ސިޓީތަކަށް ސެކްޝަންތަކުގެ ވެރިން މެދުވެރިކޮށް ޖަވާބު ދިނުމުގެ މަސައްކަތް ކުރުވުމާއި ސިޓީތަކަށް ޖަވާބު ދިނުމަށް ސެކްޝަންތަކުގެ ވެރިންނަށް އިރުޝާދު ދިނުން.
  15. ސީނިއަރ މެނޭޖްމަންޓް ބައްދަލުވުންތަކުގައި ބައިވެރިވުން.
  16. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
  17. އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  2.  

މަޤާމުގެ ތަޢުލީމީ ރޮގުތައް:

  1. ބިޒްނަސް މެނޭޖްމަންޓް
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިންތައް:

  1. ބިޒްނަސް މެނޭޖްމަންޓް
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް

 

ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/dv/downloads/15151

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ   ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ29 މެއި 2022 (ޢާދީއްތަ) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިނިސްޓްރީގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،12  ޖޫން 2022 އާއި 25 ޖޫން 2022 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu ) އިން ލިބެން ހުންނާނެއެވެ.

19 މޭ 2022
ހޯދާ