ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ ޑިވަލޮޕަރސް ބޭނުންވެއްޖެ

މި އޮފީހުން 04 ސެޕްޓެންބަރު 2014 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ނަންބަރު: (IUL)164/1/2014/104 އިޢުލާންގެ މުއްދަތު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމައަށް އިތުރުކޮށްފީމެވެ. 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ސަރުކާރުގެ ސޮޓްވެއަރތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

5 (ފަހެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ -/7,570 ރުފިޔާ

ސަރވިސް އެލަވަންސް 5149.50 ރުފިޔާ

ފެންވަރު/ޝަރުޠު

  1. އައި.ޓީ ދާއިރާއިން އެޑްވާންސް ސެޓްފިކްޓް ހާޞިލްކޮށްފައިވުން
  2.  އެމް.ސީ.ޓީ.އެސް ސަނަދުލިބިފައިވުން ނުވަތަ ވޭތުވެދިޔަ 5 އަހަރު ތެރޭގައި 1 ސޮފްޓްވެއަރ ޑެވަލޮޕްކޮށްފައިވުން (1)
  3. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  4. އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާއިނުލައި ޕްރޮޑަކްޝަން ލެވަލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  5. އަމިއްލައަށް ޕްރޮޖެކްޓް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެގުން.
  6. ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތްކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.

ނޯޓް(1):  އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ސޮފްޓްވެއަރ ތައްޔާރުކޮށް ނިމިފައިވާކަމަށް ބެލެވޭނީ އެ ސޮފްޓްވެއަރއަކީ ވޭތުވެދިޔަ 5 އަހަރުތެރޭގައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރއެއްކަމުގައި ވުމާއި، ސޮފްޓްވެއަރ ލިޔުމަށް މަދުވެގެން 3 "މޭން މަންތްސް" ހޭދަކުރަންޖެހޭ ކަމަށް ބެލެވި އެސޮފްޓްވެއަރއަކީ މިހާރުވެސް ބޭނުންކުރަމުންދާ ސޮފްޓްވެއަރއެއް ކަމުގައިވުމާއި، ސޮފްޓްވެއަރ ޑިޒައިންކޮށްފައި ވަނީ މޮޑާން ޑިޒައިން ޓެކްނީކްސް ބޭނުންކޮށްގެންތޯ ރިވިއުކޮށް އަދި ޑިލިވަރކޮށްފައިވާ ސޮފްޓްވެއަރ އާއި ގުޅިގެން ރިފަރެންސް ލެޓަރއެއް ހުށަހަޅަންވާނެއެވެ.

(މިމަސަތްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރުގެ ޚިދުމަތަކަށް ރައްޔިތުންނަށް އޮންލައިންކޮށް އެދެވުމާއި އަދި ޙިދްމަތާ ގުޅިގެން ފައިސާ ދެއްކޭނެ ގޮތަށް ސިސްޓަމްތައް ތައްޔާރު ކުރުން.
  2. އެ އިދާރާއަކުން އެއިދާރާއެއްގެ ޚިދުމަތަކާ ގުޅިގެން ހުށަހަޅައިފައިވާ ރިކުއެސްޓްތައް ޓްރެކްކޮށް، ބަލައި، ޕްރޮސެސްކޮށް އެރިކުއެސްޓްތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރެވޭނޭ ގޮތަށް ސިސްޓަމްތައް ޑިވެލޮޕްކުރުން

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޙް:  މިމަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން  18ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް ([email protected])   ފޮނުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected]  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)  ، ފެކްސް ނަންބަރު: 4004 334 (960)

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

‏09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ