އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ނުނިމި ހުރި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރިން ކޮށްފައިވާ ޢިޢްލާން ބާތިލުކޮށް އަލުން އިޢްލާން ކުރުން

މިރަށުގައި ސަރުކާރުން ހައްދަވާ ދެއްވަން ފައްޓަވާފައިވާ ފުޓްސަލް ދަނޑުގެ، މިހާރު ނުނިމި ހުރި މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކޮށްފައިވާ  މިކައުންސިލުގެ ނަމްބަރ (IUL)352-B/2022/05 އިޢްލާން ބާތިލް ކޮށް އަލުން ޢިޢްލާން ކުރަމެވެ. ކުރިން ކޮށްފައިވާ ޢިޢްލާން ބާތިލް ކޮށްފައިވަނީ އެބިޑް ކާމިޔާ ބުކުރި ފަރާތުން އެމަސައްކަތް ކުރިޔަށް ގެންދެވެން ނެތްކަމަށް، މިކައުންސިލަށް ލިޔުމުން އަންގާފައި ވާތީއެވެ.

           އެހެން ކަމުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރި ވެލައްވާ ފަރާތްތަކުން މި ބިޑަށް ކުރިމަތި ލުމުގެ ފުރުޞަތު ޢާއްމްކޮށް ހުޅުވާލަމެވެ.

         މިކަމާއި ގުޅޭ ގޮތުން މަޢްލޫމާތު ސާފްކޮށް ދިނުމުގެ ބައްދަލުވުން 22 މެއި 2022 ވާ އާދީއްތަ ދުވަހުގެ  1300 ގައި މިކައުން ސިލްގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.  ބިޑްބަލައި ގަތުން އޮންނާނީ 26 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 1300 ގައި މިކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައެވެ.

           މާޢްލޫމާތު ސާފްކޮށް ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތް ތަކަށް ބިޑް ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.  ބިޑް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފަރާތުގެ މަޢްލޫމާތު އެނގޭނެ ސިޓީއެއް ގެންނަންވާނެއެވެ. އަދި ކޮންމެ ފަރާތަކަށް ހުށައެޅޭނީ 1 ބިޑެވެ. ބިޑް ރަނގަޅަށް ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި އިޢްލާން ނަމްބަރާއި، ކުރިމަތިލާ ބިޑްގެ ނަން  ސާފްކޮށް އެނގެން އޮންނަން ވާނެ

      މިހެންވެމިކަން ޢާއްމުކޮށް އެންގުމަށް ޓަކައި  އިޢުލާން ކުރީމެވެ.  

19 މޭ 2022
ހޯދާ