އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެތައް ނެގުމާއިގުޅޭ

                މިރަށުގެ އިރުމަތީ ފަރާތުގައި ބަނދަރު ސަރަހައްދުގެ ގޮތުގައި ހިމެނޭ ކާމިނީގޭގެ ދެކުނުން، އަންތާރެސް ގެސްޓްހައުސް ދެމެދުގައިވާ އެންމެހައި ހަރުގެތަކާއި، އެފަދަ ތަންތަން 12 ސެޕްޓެމްބަރ 2022ގެ ނިޔަލަށް ރޫޅާލައި ނަގައި ބިންސާފުކުރުމުގެ މުއްދަތުވަނީ ރަސްމިގޮތުން ދެވި ޢާންމުކޮށް އިޢުލާން ކުރެވިފައެވެ.

އެހެންކަމުން، މިދެންނެވި ސަރަޙައްދުގައިހުރި ހަރުގެފަދަ ތަންތަނުގެ ތެރެއިން މިވަގުތު ނުނަގާހުރި ހަރުގެފަދަ ތަންތަނުގައި މި އިދާރާގެ ފަރާތުން މިހާރުވަނީ ނަމްބަރު 01 ން 18 ށް ރަތްކުލައިން ތަރުތީބު ނަމްބަރު ޖަހާފައެވެ.

ވުމާއެކު، މިދެންނެވި އެންމެހައި ހަރުގެފަދަ ތަންތަނުގެ ވެރިޔަކު ނުވަތަ ޒިންމަވެ ބަލަހައްޓަވާ ފަރާތްތަކުން، އެކަން ބަޔާންކޮށް 09 ޖޫން 2022 ގެ ނިޔަލަށް މިއިދާރާއަށް ސިޓީއަކުން ހުށަހެޅުވުމަށް ދަންނަވަމެވެ. ހުށަހަޅުއްވާ ސިޓީއާއިއެކު ހަރުގެއާއި ގުޅޭ ރަސްމީ އެއްވެސް ލިއުމެއްއޮތްނަމަ، އެފަދަ ލިއުން ތަކުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 މޭ 2022
ހޯދާ