އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގޯތީގެ ނަންބޯޑް ހަރުކުރުމާއި ގުޅޭ
                                މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދަވާ ބޯހިމެނުމުގެ މަސައްކަތް 2022 ސެޕްޓެމްބަރ 17 ވަނަ ދުވަހުން ފެށިގެން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ތަންތަނުގެ (ގޯތިގެދޮރު ފަދަ ތަންތަނުގެ) ލިސްޓިންގއެއް ނެގުމަށް ހަމަޖެހިފައިވާތީ، ރަށުގައިހުރި ހުރިހާ ގޯތިތަކުގެ ނަންބޯޑު ހަރުކޮށްފައި ބެހެއްޓުމަކީ އެ ބިއުރޯގެ ވަރަށްބޮޑު އެދުމެއް ކަމުގައި ވަނީ އަންގަވާފައެވެ.
އެހެންކަމުން، މިރަށުގައި ނަންބޯޑު ހަރުކޮށްފައި ނުވާ ގޯތިތަކުގެ ފަރާތުން، 2022 އޮގަސްޓް 31 ގެ ނިޔަލަށް އެ ގޯތިތަކުގައި ނަންބޯޑު ހަރުކޮށް ނިންމެވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
             19 މޭ 2022
            
        
                    ހޯދާ  
                
                