ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2022/45 ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ހިއުމަން ރިސޯސް އޮފިސަރ |
- މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/2,899 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް:-/2,485 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ކޯޕަރޭޓް ސަރވިސް/ ހިއުމަން ރިސޯސަސް |
ބޭނުންވާ އަދަދު: 1 |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 2.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޯޕަރޭޝަނުގެ އެޗް.އާރް އެންޑް އެޑްމިން ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން. ށ ކޯޕަރޭޝަނުގެ ވަޒީފާއަށް މީހުން ނެގުމާއި، ވަކިކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން. ނ. ކޯޕަރޭޝަނުގެ މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން. ރ. ކަނޑައެޅިފައިވާ މުއްދަތަށް މުވައްޒަފުންނަށް މުސާރަ ދިނުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން ބ. މުވައްޒަފުންގެ ސުލޫކީ މައްސަލަތަކާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. ޅ. މުވައްޒަފުންގެ ރަސްމީ ދަތުރުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް މުވައްޒަފުންނަށް ފޮނުވުމުގެ އެންމެހާ މަސައްކަތް ކުރުން. ކ. މުވައްޒަފުންގެ ޕާފޯމަންސް އެޕްރެއިޒަލް ހެދުމަށް ޑިޕާޓްމަންޓްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމާއި، ކަނޑައެޚިފައިވާ މުއްދަތަށް ޕާފޯމަންސް އެޕްރެއިޒަލް ނިންމާތޯ ޗެކްކޮށް، ފޮލޯއަޕް ހެދުން. އ. މުވައްޒަފުންގެ ޕްރޮމޯޝަން/އިންކްރިމެންޓާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. ވ. ސްޓާފް ޓްރެއިނިންގ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން މ. ވަޒީފާއާ ގުޅިގެން ތައްޔާރުކުރަންޖެހޭ މުވައްޒަފުންގެ ޗިޓްތަކާއި، ކޮންޓްރެކްޓްތައް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން. ފ. ވަޒީފާއާ ގުޅޭގޮތުން މުވައްޒަފުންނަށް ފޮނުވަންޖެހޭ ލިޔުންތައް، ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް މުވައްޒަފުންނަށް ފޮނުވުން. ދ. ރެފަރެންސް ލެޓަރއަށް އެދޭ މުވައްޒަފުންގެ ރެފަރެންސް ލެޓަރތައް ތައްޔާރުކުރުން. ތ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް 26 މޭ 2022 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4.ހުށައަޅަންޖެހޭ ލިޔުންތައް ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް |
|
5. އިތުރު މަޢުލޫމާތު ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads//) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |