ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
2023-2022 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

                      (IUL)GS-183-ADMIN/INDIV/2022/6: ނަންބަރ

އިޢުލާން

2023-2022  ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

                                            

                    2022-2023 ވަނަ ދިރާސީ އަހަރު، މިސްކޫލްގެ އެލް.ކޭ.ޖީއަށް  ( އަދި ގްރޭޑް 1-10 އަށް މިސްކޫލާއި އަލަށް ގުޅެން ބޭނުންވާ ) ކުދިން ސްކޫލަށް ވެއްދުމުގެ ފުރުޞަތު 22 މެއި 2022 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ބެލެނިވެރިންގެ ސަމާލުކަމަށްޓަކާ ދެންނެވީމެވެ. ސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ފުރުވެ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ދެންނެވީމެވެ. އެޕްލިކޭޝަން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މެއި 2022 އަންގާރަ ދުވަހުގެ 14:00 އެވެ. އެޕްލިކޭޝަން ފޯމާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެއްކަރުދާސް ކުރެއްވުން އެދެމެވެ.

-         ދަރިވަރުގެ އައިޑީކާޑުގެ ކޮޕީ (ދެފުށް ފެންނާނޭހެން)

-         ދަރިވަރުގެ މަންމަ އަދި ބައްޕަގެ އައިޑީކާޑުގެ ކޮޕީ

-         ބެލެނިވެރިޔާގެ އައިޑީކާޑުގެ ކޮޕީ

-         ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ގޮތުގެ ތާވަލް)

 

               މި އިޢުލާނާއެކު ދަރިވަރުން ސްކޫލަށް ވެއްދުމުގައި އަމަލު ކުރާގޮތުގެ އުޞޫލު އެއް ކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9987098 ނުވަތަ 9102147 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

 

                             19  މެއި   2022

                             18 ޝައްވާލް 1443

19 މޭ 2022
ހޯދާ