ދިވެހިރާއްޖެ
| މި އޮފީހުން 04 ސެޕްޓެންބަރު 2014 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ނަންބަރު: (IUL)164/1/2014/100 އިޢުލާންގެ މުއްދަތު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00އާއި ހަމައަށް އިތުރުކޮށްފީމެވެ. | 
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| މަސައްކަތުގެ މުއްދަތު: | 01 (އެކެއް) އަހަރު ދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ) | 
| މަސައްކަތުގެ ވަގުތު: | ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.) | 
| އުޖޫރަ: | މަހަކު -/15،000 | 
| ފެންވަރު/ޝަރުޠު | 
 
 (މިމަސަތްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.) | 
| މައިގަނޑު މަސައްކަތްތައް | ސަރުކާރާއި ދައުލަތުގެ މަވައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާ ކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އޮންލައިން އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުން. އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އެސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން. މުވައްޒަފުން ތަމްރީންކޮށް މަސައްކަތްތަކާއި ގުޅިގެން ކުރާ މަސައްކަތްތަކާބެހޭ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުން | 
| ހުށަހަޅަންޖެހޭ ލިޔެކިއުންތައް: 
 | 
 | 
ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް [email protected] (ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ،ފެކްސް ނަންބަރު: 4004 334 (960)
އީމޭލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
09 ޛުލްޤަޢިދާ 1435
 
                    