Maldives
Cancelled on 19 May 2022 18:46
`
ތ.އަތޮޅު ހޮސްޕިޓަލް
ތ.ވޭމަންޑޫ
(IUL)TAH-A/TAH/2022/34 ނަންބަރު:
ވޯޑް މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނު |
||
ވޯޑް މެނޭޖަރ |
ހަވާލުކުރެވޭ ޒިންމާ: |
|
2 |
ބޭނުންވާ އަދަދު: |
|
ދާއިމީ |
ގިންތި: |
|
4 އަހަރު |
ހަވާލު ކުރެވޭ މުއްދަތު: |
|
ތ.އަތޮޅު ހޮސްޕިޓަލް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
|
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 124/- (ސަތޭކަ ސައުވީސް ރުފިޔާ)
|
އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭނެ މިންވަރު: |
|
1. ނަރުހުންގެ އިސްފަރާތެއްގެ ގޮތުން ހުރިހާ ނަރުހުންނާއި އަދި މިނޫންވެސް ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހާ ކަންކަން ގާތުން ބަލާ މުވައްޒަފުންނާއި ގުޅޭގޮތުން ނަގަންޖެހޭ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ނެގުން. 2. ނަރުހުންނާއި އެހެން މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކްލާސްތައް ޤަވާޢިދުން ރާވާ ހިންގުން. 3. ނަރުހުންގެ ޑިޕާޓްމަންޓްގެ އެކިއެކި އޭރިއާތަކަށް އިންޗާޖުން ކަނޑައަޅާ އިންޗާޖެއްގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ޙަވާލުކޮށް މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބެލުން. 4. ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ބޭނުންކުރާ އާލާތްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި އިޤުތިޞާދުކުރުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިޚްލާސްތެރިކަމާއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން. 5. ކޮންމެ ހަފްތާއަކު ޑިޕާޓްމަންޓަށް ބޭނުންވާ ތަކެތި އިންޑެންޓްކޮށް ތަކެތި ހޯދުން. 6. ނާކޮޓިކް ބޭސް ހުންނަ ކަބަޑު އަބަދުވެސް ތަޅުލާފައި ހުރޭތޯ ބެލުން. 7. އެޑްމިޓް ކުރެވިފައިވާ ބަލިމީހުން ޙަވާލުކުރެވިފައިވާ ނަރުހުން އެމީހުންގެ ޒިންމާ އަދާކުރޭތޯ ބެލުން. 8. ޑިޕާޓްމަންޓުގެ ޙާލަތު ޤަވާޢިދުން ބެލުމާއެކު ނަރުހުންގެ މަސައްކަތަށް ދަތިވާ ކަންކަން މެނޭޖްމަންޓާއި ގުޅިގެން ޙައްލުކުރަން މަސައްކަތްކުރުން. 09. ހޮސްޕިޓަލުގެ އަމާޒާއި އެއްގޮތަށް ޔުނިޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން. 10. ހަމަހަމަކަމާއެކު ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ހުރިހާ މުވައްޒަފުންނަށް ބާރުއަޅާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން. 11. ނަރުހުންދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ނަރުހުން ތަމްރީން ކުރުމަށް ޕްލޭނިންގ ހަދާ އެއާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން. 12. ކޮންމެ ހަފްތާއަކު ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުމާއި، ސަލާމް ބުނެގެން ނުވަތަ އެއްވެސް ސަބަބަކާއި ހުރެ މުވައްޒަފަކު ޑިއުޓީއަށް ނުނިކުމެއްޖެނަމަ ޑިއުޓީތަކަށް ބަދަލު އިންތިޒާމް ހަމަޖެއްސުން. 13. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ހޮސްޕިޓަލުން ރާވާ ހިންގާ ހޮސްޕިޓަލްގެ ކަންތައްތަކުގައި ބައިވެރިވުން. |
މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ސީ.އެސް 10 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ޝަރުތު ހަމަވެ، އެ ރޭންކުން ފެށިގެން މަތީ މަގާމެއްގައި ހުރި ފަރާތަކަށްވުން. |
ޝަރުޠު: |
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ނަރުހުންގެ އޮނިގަނޑުގައި ސީ.އެސް 10/ ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތީ މަޤާމެއްގައި ވަޒީފާ އަދާކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. (ށ) ނަރުހުންގެ އޮނިގަނޑުގައި ސީ.އެސް 10 / ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތީ މަޤާމެއް ނުވަތަ އެއާއި އެއްފެންވަރުގެ މަޤާމެއްގައި ވަޒީފާ އަދާކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގެ މަގާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑާއި ވޯޑް މެނޭޖަރުންގެ ޒިންމާ ހަވާލުކުރެވޭ އުޞޫލުގައި ހިމެނޭ ކަންތައްތަކާ އެއްގޮތަށް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މެއި 2022 ގެ 12:00 ގެ ކުރިން، ތ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އިޢުލާނަށް ކުރިމަތިލުމަށް ހުށަހަޅާ ސިޓީ/ލިޔުން ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
ވޯޑު މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 މެއި 2022 އާއި 16 މެއި 2022 އާ ދެމެދު، ތ.އަތޮޅު ހޮސްޕިޓަލް ގައެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
|
މި އިޢުލާނަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން:
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6782776 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. |
|
|
18 ޝައްވާލް 1443ހ
19 މެއި 2022މ