ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު - ގްރެފިކް ޑިޒައިނަރ (ކޮންޓްރެކްޓް)
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ އެވޯޑް"ގެ ގްރެފިކް ޑިޒައިންގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަޤާމް: ގްރެފިކް ޑިޒައިނަރ ( ކޮންޓްރެކްޓް)
ބޭނުންވާ އަދަދު:1 (އެކެއް)
މުއްދަތު:03 މަސް (ކޮންޓްރެކްޓް)
މުސާރަ: ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން.
މަޤާމްގެ ޝަރުތު:
- ގްރެފިކް ޑިޒައިނިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާޞިލްކޮށްފައިވުން.
- ގްރެފިކް ޑިޒައިނިންގ ނުވަތަ ގުޅޭ ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ގްރެފިކް ޑިޒައިނިންގ ނުވަތަ ގުޅޭ ދާއިރާއަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
އެހެނިހެން ޝަރުތު:
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
- އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ބްރޯޑްކާސްޓިންގ ކޮމިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" އާ ގުޅިގެން ކުރަންޖެހޭ އެންމެހައި ގްރެފިކް ޑިޒައިނިންގގެ މަސައްކަތްކުރުން.
- ކޮމިޝަނުން ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ނިންމުން.
ހުށަހަޅަންޖެހޭ ތަކެތި
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް ހޮވޭފަރާތުން (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީއެއް ހުށަހެޅުން)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރީސް)
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:30 މޭ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން.
އިތުރު މައުލޫމާތު:
1. މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ކޮމިޝަނުގެ ވެބްސައިޓް
www. broadcom.org.mv އިން ލިބެން ހުންނާނެއެވެ.
2. މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317 /3334333، އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
3. އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ،
މަޖީދީ މަގު.
4. އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: info@broadcom.org.mv
5. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
6. މި މަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.
7. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.
ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:
ކޮންޕިޓަންސީ ދާއިރާ |
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%) |
ތަޢުލީމާއި ތަމްރީން |
35 % |
މަސައްކަތުގެ ތަޖްރިބާ |
25 % |
އިންޓަވިއު |
40 % |
19މޭ 2022