ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އުލިގަމު ކުނިގޮނޑުގައި ކުނި އަންދާ ބަލަހެއްޓުމާއި އުލިގަމު ކައުންސިލުން ރާވާ ހިންގާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ

                                                                   ނަންބަރ: 245/245/2022/21(IUL)

އިޢުލާން

 

ހއ. އުލިގަމު ކުނިގޮނޑުގައި ކުނި އަންދާ ބަލަހެއްޓުމާއި އުލިގަމު ކައުންސިލުން ރާވާ ހިންގާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން


މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރިން ކުރި އިޢުލާން ނަންބަރ: (IUL)245/245/2022/11އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަމެވެ.

 

ހއ. އުލިގަމު ކުނިގޮނޑުގެ ކުނި އަންދާ ބެލެހެއްޓުމާއި އުލިގަމު ކައުންސިލުން ރާވާ ހިންގާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑު ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހުށަހެޅުއްވުން

22.05.2022 ން 29.05.2022 ގެ 14:00 ށް

02.06.2022 ގެ 11:00 ގައި

12.06.2022 ގެ 11:00 ގައި

ހއ.އުލިގަމު ކައުންސިލް އިދާރާއަށް ދުރުވެގެން

ނުވަތަ

ކައުންސިލްގެ މެއިލް: [email protected]  

އަށް މެއިލްކޮށްގެން.

ހއ.އުލިގަމު ކައުންސިލް އިދާރާގައި

ހއ.އުލިގަމު ކައުންސިލް އިދާރާގައި

 

 

 

 

 

 

 

 

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހއ. އުލިގަމު ކުނިގޮނޑުގެ ކުނި އަންދާ ބަލަހެއްޓުމާއި އުލިގަމު ކައުންސިލުން ރާވާ ހިންގާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އަގަށް 90 މާރކްސް، ތަޖުރިބާއަށް 10 މާރކްސްއެވެ. ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ކުނިކަހާ ސާފުކުރުމުގެ ނުވަތަ ކުނިގޮނޑު ބަލަހައްޓާ އެންދުމުގެ ތަޖުރިބާ ލިބި، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ/ލިޔުމަކަށް ބަލާފައެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500036 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                      

18 ޝައްވާލް 1443

19 މެއި 2022

19 މޭ 2022
ހޯދާ