ދިވެހިރާއްޖެ
1- މ. މަޑުއްވަރީ މަސްޖިދުލް އަމަލު މިސްކިތުގެ 3 ފުރާޅުގައި ޖަހާފައިހުރި ޓިނާއި އުތުރު އަދި ދެކުނު ފުރާޅުގެ ހުޅަގުކޮޅުން ފީވެފައިހުރި ފައިދޮއް ،ފަތިތައް ނަގައި ، 3 ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ މިމަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ބީލަމަށްކުރިމަތި ލެވޭނެ ފަރާތްތަކާއި ބީލަމާގުޅޭ މައުލޫމާތު މިއިއުލާނާ އެޓޭޗް ކުރެފިފައިވާ ބީލަން ފޮތުގައި ވާނެއެވެ.
2- މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ (ނަންނޯޓް) ކުރަންއެދޭ ފަރާތްތަކުން 2022 މޭ 22 އާދީއްތަ ދުވަހުން ފެށިގެން -
2022 މޭ 29 ވާ އާދީއްތަ ދުވަހު 13:00 އަށް ނަން ނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މ. މަޑުއްވަރީ ކައުންސިލްގެ އިދާރާ ބަންދުނޫން ކޮންމެދުވަހަކު 9:00 އިން 13:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެވޭނެއެވެ. ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށްވެސް ރަޖިސްޓްރީ ވެވޭނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތް ތަކަށެވެ.
v ރެޖިސްޓްރޭޝަން ފޯމުގެ ލިންކް : http://lnnk.in/g7bD
3- މި މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މޭ 29 އާދީއްތަ ދުވަހުގެ 13:00 ގެކުރިން ލިޔުމުން މ. މަޑުއްވަރީ
ކައުންސިލް އިދާރާއަށް ފޮނުވައި ދެއްވުން އެދެމެވެ. ނުވަތަ 7904399 / 7983354 /7911345 ނަމްބަރާ ގުޅައިގެން ސާފުކުރެއްވުން އެދެމެވެ.
4- ބީލަން ހުށަހެޅުން އޮންނާނީ 2022 ޖޫން 02 ވާ ބުރާސްފަތި ދުވަހު 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި
މާލަމު " ގައެވެ. ބީލަން ކަޑައި ހުޅުވާނީ 2022 ޖޫން 02 ވާ ބުރާސްފަތި ދުވަހު 13:05 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ.
5- މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢްލާނުގެ ބަޔެއްގެ ގޮތުގައި އިޢްލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ.
6- ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމާއި ، މަސައްކަތާ ގުޅޭ އިތުރު މަޢްލޫމަތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
v މުލަލަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
v ފޯން : 6720072 , 7904399 , 7911345
އީ މެއިލް : [email protected]