ދިވެހިރާއްޖެ
ހުޅުދެލީ ސްކޫލް
ދ.ހުޅުދެލި، ދިވެހިރާއްޖެ
ނަންބަރ: GS-171/IUL/2022/06
އިޢުލާނު
|
|||||||||
މަޤާމް |
މަސައްކަތު |
||||||||
ބޭނުންވާ އަދަދު: |
01 |
||||||||
މަޤާމުގެ ނަންބަރު |
J-131686 |
||||||||
މަޤާމުގެ ގިންތި |
ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން |
||||||||
މަޤާމުގެ ރޭންކް |
އެސް. އެސް. 1 |
||||||||
މަޤާމުގެ ކްލެސިފިކޭޝަން |
ވަގުތީ ( ވޭޖް އެމްޕްލޮއިމަންޓް އުޞޫލުން 6 މަސް ދުވަހުގެ މުއްދަތަކަށް) |
||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން |
ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި |
||||||||
މުސާރަ |
-/4100 ރުފިޔާ |
||||||||
އެހެނިހެން އެލަވަންސް: |
|
||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ކިޔަވައިދިނުމަށް ދަތި ނުވާނެ ގޮތެއްގެ މަތިން، ކުނިކަހަންޖެހޭ ހުރިހާ ތަނެއް ކުނިކެހުން. ކިޔެވުން ނޯންނަ ދުވަސްތަކުގައި ސްކޫލް އޮފީހުން ކަނޑައަޅާ ގޮތެއްގެމަތިން ކުނިކެހުން. 2. ސްކޫލުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ކުލާސްރޫމްތައް ކުނިކަހާ ފޮޅާ ސާފުކުރުން. 3. މުވައްޒަފުން ބޭނުންކުރާ ޢިމާރާތްތައް ރަސްމީ ކޮންމެ ދުވަހަކު ފޮޅާ ސާފުކުރުން. 4. ސްކޫލުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ދަރިވަރުންގެ ފާޚާނާތަކާ މުވައްޒަފުންގެ ފާޚާނާ ސާފުކުރުން. 5. ސްކޫލުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ސްކޫލް އޮފީހުން ހަމަޖައްސާގޮތެއްގެމަތިން ދަރިވަރުންގެ ފާޚާނާތަކާ ގޭޓްތައް ހުޅުވާ ލެއްޕުމުގެ ކަންތައްތައް ބެލެހެއްޓުން. 6. ދަރިވަރުންގެ އަތްދޮންނަ އިސްކުރުބަރިތަކާ ބޯފެން އިސްކުރުތަކުގެ ކައިރި ސާފުކޮށް ބެލެހެއްޓުން. 7. ސްކޫލުގެ ޢިމާރާތްތަކާ ގޯތިތެރޭގެ ތަރުތީބު އަދި ސާފުތާހިރުކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން. 8. ސްކޫލުން އުކާލަންޖެހޭ ކުނި ސްކޫލް އޮފީހުން އަންގާ ގޮތެއްގެ މަތިން އުކާލުން އަދި ގަސް ކަނޑަން ނުވަތަ ކޮށަން ޖެހިއްޖެނަމަ ކަނޑާ ނުވަތަ ކޮށާ އުކާލުން. 9. ސްކޫލުގެ ފެންތާންގީތައް މަދުވެގެން މަހަކު 1 ފަހަރު ބަލާ ޗެކްކުރުމާއި، ސާފުކުރަންޖެހޭ ހާލަތެއްގައި ސާފުކުރުމާއި، ފެން ހުސްވަމުންދާނަމަ ތާންގީތަކަށް ފެންނެގުން. 10. މާލެއިން ނުވަތަ އެހެންވެސް ތަންތަނުން ގެންނަ ތަކެތި ސްކޫލަށް ގެނައުމާއި ސްކޫލުން ގެންދަންޖެހޭ ތަކެތި ގެންދިއުން. 11. ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވިތަކާއި، ފާންކާތަކާ، ފެންލައިޓްތައް އަދި ބިއްލޫރިތައް ސްކޫލް އޮފީހުން އަންގާގޮތެއްގެމަތިން ސާފުކުރުން. 12. ސްކޫލް ގޯތިތެރޭގައި އިންދާފައިހުންނަ ބަގީޗާ ގަސްތަކަށް ސްކޫލު އޮފީހުން އަންގާ ގޮތެއްގެމަތިން ފެންދިނުމާ، ކާނާއެޅުމާ އަދި ކޮށާ ރީތިކޮށް ބެލެހެއްޓުން. 13. ސްކޫލުގައި ކުރަންހުންނަ އަމިއްލަޔަށްކުރެވޭޒާތުގެ އާންމު މަރާމާތު މަސައްކަތްތައް ސްކޫލް އޮފީހުން އަންގާގޮތެއްގެ މަތިންކުރުން. 14. ސްކޫލްގައި ހިންގޭ ތަފާތު އިތުރު ޙަރަކާތްތަކުގައި، ސްކޫލްގެ އޮފީހަށާއި ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. 15. ސްކޫލުގައި ބާއްވާ ޖަލްސާ ބައްދަލުވުންފަދަ ކަންކަމަށް އޮފީހުން އަންގާ ގޮތެއްގެ މަތިން ހޯލް ތައްޔާރުކުރުން. 16. ސްކޫލުގައި ބޭއްވޭ ޖަލްސާ، ބައްދަލުވުން އަދި އެހެނިހެން ވާރކްޝޮޕްފަދަ ކަންކަމާއި އިތުރު ޙަރަކާތްތައް ހިނގަމުންދާއިރު، ސްކޫލުން އަންގައިފިނަމަ ސްކޫލަށް ނުވަތަ އެހަރަކާތެއް ހިނގަމުންދާ ތަނަކަށް ޙާޟިރުވެ ހަވާލުކުރެވޭ މަސައްކަތް ކުރުން. 17. ސްކޫލުއެއްވެސް ފާރެއް ނުވަތަ އެއްޗެއްގައި ލިޔެ ނުވަތަ ކުރަހާފައި ހުއްޓާ ފެނިއްޖެނަމަ ލަސްނުކޮށް އެއެއްޗެއް ފިލުވުން. 18. ޓީޗަރުންނާ މުވައްޒަފުން އެދިލައްވާ ކަންތައްތަކުގައި އެހީތެރިވެދިނުން. 19. ސްކޫލުން ދަންނަވާ ބައްދަލުވުންތަކާ ޙަރަކާތްތަކުގައި ބައިވެރިވުން. 20. ސްކޫލާ ދަރިވަރުންގެ ކުރިއެރުމަށް އަދި މުވައްޒަފުންގެ އެއްބައިވަންތަކަމަށް ސްކޫލުން ރާވާ ހަރަކާތްތަކާ ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަށް ސްކޫލުން އެދިއްޖެނަމަ އެކަމެއްގައި ބައިވެރިވެ އެއްބާރުލުން ދިނުން. 21. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަ ގޮތެއްގައި ހަވާލުކުރެވޭ ސްކޫލުގެ މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ކަމާގުޅޭ މުވައްޒަފުން އެދިލައްވާގޮތުގެ މަތިން އެކަންކަން ފުރިހަމަކޮށްދެއްވުމަށް އެހީތެރިވުން. |
||||||||
މަޤާމުގެ ޝަރުޠުތައް: |
ނޯޓް:
ނުވަތަ،
ނުވަތަ،
|
||||||||
ގުޅޭ ވަޒީފާގެ ދާއިރާތައް: |
|
||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. އަދި ކުރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން ޑިސްކޮލިފައިވާނެއެވެ. |
||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29މޭ 2022 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ދ. ހުޅުދެލި ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅާފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް އިއުލާނަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||
އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 1 ޖޫން 2022 އާއި 5 ޖޫން 2022 އާއި ދެމެދު، ހުޅުދެލީ ސްކޫލުގައި ނުވަތަ ސްކޫލުން ހަމަޖައްސާތަނެއްގައެވެ. |
||||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7952918) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
18 ޝައްވާލު 1443
19 މޭ 2022