ދިވެހިރާއްޖެ
1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކައުންސިލްގެ ޚަރަދުގައި، ވިލުފުށީ ރައްޔިތުންގެ ތެރެއިން 1 (އެކެއް) ފަރާތަކަށް ޙައްޖުދަތުރެއް ދިނުމަށް ކައުންސިލުގެ 04 ވަނަ ދައުރުގެ 49 ވަނަ ބައްދަލުވުމުން ނިންމައި، ޙައްޖުދަތުރަށްއެދި ފޯމު ހުށަހެޅުމަށް ކުރި ނަންބަރ (IUL)383/383/2022/41އިޢުލާން ގެ މުއްދަތު، މެއި މަހުގެ ނިޔަލަށް އިތުރުކުރެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
ވީމާ، މިއަހަރުގެ ޙައްޖުދަތުރަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، ކައުންސިލްގެ ޙައްޖުދަތުރަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ މުއްދަތު 2022 މޭ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. އީ-މެއިލްމެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުން މިފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފޮނުވާނީ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށެވެ.
ޙައްޖުދަތުރަށް އެދޭ ފަރާތުގެ ޝަރުޠުތައް:
- ފަރުޟު ޙައްޖެއް އަދާކޮށްފައިވާ މީހެއްކަމުގައި ނުވުން.
- ވިލުފުށީގެ ރަށްވެހީންގެ ރަޖިސްޓްރީގައި ހިމެނޭ މީހެއްކަމުގައިވުން.
- އަމިއްލަ ޚަރަދުގައި ޙައްޖަށްދާނެ ތަނަވަސްކަން ނެތްމީހެއް ކަމުގައިވުން.
- މީލާދީގޮތުން ޢުމުރުން 50 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
- އެހެންމީހެއްގެ އެހީއާނުލައި އަމިއްލައަށް އުޅެވޭ ފަދަ ޞިއްޙީ ޙާލަތު ރަނގަޅު މީހެއްކަމުގައިވުން.
- ޖިނާއީ ކުށެއްގެ ތުހުމަތުގައި ތަހުޤީގު ކުރެވެމުންދާ މީހެއްކަމުގައި ނުވުން އަދި އެފަދަ ކުށެއް ސާބިތުވެ ޙުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން.
ޙައްޖުދަތުރަށް އެދޭ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް:
- މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ދެފުށުގެ ކޮޕީ
- ފޮލިސް ރިޕޯޓް ( 3 މަސްނުވާ )
- ފާއިތުވި 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓް (ބޭންކް އެކައުންޓު ހުޅުވާފައިވާނަމަ)
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.