މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ ކައުންސިލު އިދާރާގެ ސެކިއުރިޓީ ބެލެހެއްޓޭނެ ސެކިއުރިޓީ ސިސްޓަމެއް އަމިއްލަ ޚަރަދުގައި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

(IUL)321-A/321/2022/95 :ނަންބަރު                     

ބީލަން ހުށަހެޅުމުގެ ދަޢުވަތު

            ބ. ތުޅާދޫ ކައުންސިލު އިދާރާގެ ސެކިއުރިޓީ ބެލެހެއްޓޭނެ ސެކިއުރިޓީ ސިސްޓަމެއް އަމިއްލަ ޚަރަދުގައި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 19 މެއި 2022 ން 25 މެއި 2022ވާ ބުދަ ދުވަހުގެ 10:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/dR1GFX9WzvYcfBc36

ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް؛

ތަން:  ތުޅާދޫ ކައުންސިލްގެ އިދާރާ/ ބައްދަލުކުރާ ކޮޓަރި

ތާރީޚް: 29 މެއި 2022

ދުވަސް: އާދީއްތަ

ގަޑި: 11:00

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ،  2022 މެއި 25ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ޙިއްޞާކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2022 ޖޫން 01 ވަނަ ދުވަހުގެ 11:00 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ތުޅާދޫ ކައުންސިލް އިދާރާ/ ބ. ތުޅާދޫ

ފޯން:  6600043

އީމެއިލް [email protected]

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17  ޝައްވާލް  1443

18 މޭ 2022
ހޯދާ