ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ އަޟްޙާ ޢީދު މަކުނުދޫ ކައުންސިލާއި އެކު ފާހަގަ ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު މަކުނުދޫގެ ޖަމިއްޔާ ޖަމާޢަތްތަކާއެކު ބައިވެރިވެގެން ކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މި އަހަރުގެ އަޟްޙާ ޢީދު މަކުނުދޫ ކައުންސިލާއި އެކު ފާހަގަކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު 23 މޭ 2022 ވާ ހޯމަ ދުވަހުގެ 11:00 ގެކުރިން ދެވިފައިވާ ފޯމް ފުރުއްވުމަށްފަހު ފޮނުވުމަށް ދެންނެވީމެވެ.

ޕްރޮޕޯސަލް ލިންކް: https://bit.ly/3MpJJjP

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ މާލިއްޔާއިން ހިލޭ އެހީދޭ އުޞޫލް: https://bit.ly/3Lqtt0S

18 މޭ 2022
ހޯދާ