މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތު 2022 (ރިއެނައުންސްޑް)

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތު 2022

(ރިއެނައުންސްޑް)

މިއީ 11 މާރޗް 2022 ގައި ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: (IUL)475-Schol/475/2022/50 އިޢުލާނަށް އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

10 ފުރުޞަތު

ކޯހުގެ ޢަދަދު:

ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިޔާ، ތައިލެންޑް، ކިރިގިސްތާން، އަޒަރބައިޖާން، މޯލްޓާ، ޗެކް ރިޕަބްލިކް، މޮރިޝަސް، މިޞްރު، ސައުތް އެފްރިކާ، އަލްޖީރިއާ، ފިޖީ

ޤައުމު:

ކޯހުގެ ޢަދަދު، ސްޕެޝަލައިޒްވުމަށް ހުޅުވާލާ ދާއިރާ އަދި އެލޮކޭޓް ކުރެވިފައިވާ ހޮސްޕިޓަލް:

ސްޕެޝަލައިޒްވުމަށް ހުޅުވާލާ ދާއިރާ

ޢަދަދު

ހޮސްޕިޓަލް

އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސަރޖަރީ

1

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ

1

ހުޅުމާލެ ހޮސްޕިޓަލް

މެޑިކަލް އޮންކޮލޮޖީ

1

ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ

1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ޕީޑިއޭޓްރިކް ނިއުރޮލޮޖީ

1

ނެފްރޮލޮޖީ

1

ނިއޯނޭޓޮލޮޖީ

1

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

ޕަލްމޮނޮލޮޖީ

1

ނެފްރޮލޮޖީ

1

އެންޑޯކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް

1

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

1. - އެމް.ބީ.ބީ.އެސް ހާސިލްކޮށްފައިވުން.

- ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، އެންޑޯކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް އަދި މެޑިކަލް އޮންކޮލޮޖީ އަށް ހުށަހަޅުއްވާ ފަރާތްތަކުން އިންޓަރނަލް މެޑިސިން އިން ސްޕެޝަލިޓީ ހާސިލްކޮށްފައިވުން.

- ޕީޑިއޭޓްރިކް ނިއުރޮލޮޖީ އަށް ހުށަހަޅުއްވާ ފަރާތްތަކުން ޕީޑިއޭޓްރިކްސް އިން ސްޕެޝަލިޓީ ހާސިލްކޮށްފައިވުން.

2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވުން.

3. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުން.

4. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން.

5. އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންގެންދަވާ  ކެންޑިޑޭޓެއްކަމުގައި ނުވުން.

ކޯހުގެޝަރުތު:

އެޕްލިކޭޝަނާއެކު ތިރީގައި މި ދަންނަވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުމުގެ ކޮޕީ  

4. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.

5. އެނެކްސް-1 ފުރުއްވައި ހުށަހެޅުއްވުން. (މިލިސްޓްގައި 1 ދާއިރާ ފާހަގަ ކުރެއްވުން އެދެމެވެ. އަދި ފާހަގަކޮށްފައިވާ  އެލޮކޭޓްކުރެވިފައިވާ ހޮސްޕިޓަލެއްގައި، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ).

6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ ކެންޑިޑޭޓަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

7. ކުރިމަތިލާ ދާއިރާއަށް އެލޮކޭޓްކޮށްފައިވާ ހޮސްޕިޓަލްގައި ވަޒީފާގައި އުޅުއްވާ ފަރާތްތަކުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު އެތަނުގައި ޚިދުމަތްކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުންތައް.

8. އެމް.ބީ.ބީ.އެސް ހާސިލު ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުންތައް.

9. ކުރިން ލޯނު ނަންގަވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކަވާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ކުރިން ނަންގަވާފައިވާ ލޯނު ދައްކަވަމުން ގެންދަވާނެކަން ބަޔާންކުރާ ކެންޑިޑޭޓުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ލޯނު ދެއްކުމާ ޙަވާލުވާނަމަ، އެ ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅުއްވަންޖެހޭ ތަކެތި

 

- މިކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ.

1. މިފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ ކުރިމަތިލާފައިވާ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ހުޅުވާލާފައިވާ ފުރުޞަތުގެ އަދަދަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ  ދެން އިސްކަންދެވޭނީ، އެފަރާތަކުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު އެ ހޮސްޕިޓަލްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. އަދި ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. (މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ.)  

2. މަތީގައި ދެންނެވިފައިވާ ފަދައިން އެހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުން ހުޅުވާލެވިފައިވާ ފުރުޞަތަށް ކުރިމަތިލާފައި ނުވާނަމަ، ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެމަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. އަދި އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓު ހޮވުމުގައި އިސްކަންދޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތުގެ ދިގުމިނަށެވެ.

- ކިޔަވަން އިޚްތިޔާރުކުރާ ކޯހަކީ، ފުލްޓައިމް، އަދި އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ ކޯހަކަށް ވާން ވާނެއެވެ.

- މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް(ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ،  އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު) ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.

- މިސްކޮލަރޝިޕްގެ ދަށުން ކިޔަވަން ކެންޑިޑޭޓް އިޚްތިޔާރުކުރައްވާ މަތީތަޢުލީމުދޭ މަރުކަޒަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމް.އެމް.ޑީ.ސީ) އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ކޯހެއްކަން ކަށަވަރު ކުރައްވަންވާނެއެވެ.

- މި ސްކޮލަރޝިޕްގެ ފުރުޞަތެއްގައި ކިޔެވުމަށް ހުށަހަޅުއްވާ ކޯހުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީތަޢުލީމުގެ އެއްވެސް ސެޓުފިކެޓެއް (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައެވެ.

- ކުރިން ތަޢުލީމު ޙާޞިލުކުރެއްވި ތަނުން ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް، ސެޓްފިކެޓެއްގެ ބަދަލުގައި ހުށަހަޅުއްވާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ޓްރާންސްކްރިޕްޓެއްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، ކިޔެވި ތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕްގެ ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި މިނިސްޓްރީ ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތަކަށް ފުރުޞަތު ދެވޭނީ، ޑިފޯލްޓެއްނެތި ގަވާއިދުން ލޯން ދައްކާ ފަރާތްތަކުގެ ތެރެއިން، ކުރިން ކިޔެވި ލެވަލްއަށްވުރެ މަތީ ލެވަލްއެއްގެ ކޯހެއް ކިޔެވުމަށާއި، އަދި ކޯހުގައި ކިޔަވާ މުއްދަތުގައިވެސް، ގަވާއިދުން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަން ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ.

- މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނު ދިނުމަށް ހޮވިފައިވާ ފަރާތެއް މި ސްކޮލަރޝިޕަށް ހޮވޭނީ، އެލޯނުގެ އެގްރީމަންޓްގައި އެ ފަރާތުން ސޮއިކުރައްވާފައި ނުވާނަމައެވެ.

- ކެންޑިޑޭޓުން ކޯހަށް ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އަން-ކޮންޑިޝަނަލް ޕްލޭސްމަންޓް ހުށަހަޅުއްވަންވާނެއެވެ. 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ނުލިބިއްޖެ ޙާލަތުގައި މި މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

- މި ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވޭކަން އަންގާ ތާރީޚުން ފެށިގެން 10 (ދިހަ) މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެއެވެ. އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލަރޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕްލޭސްމަންޓް ހޯދަން އެކަށީގެންވާ މަސައްކަތެއް ކުރައްވާފައި ނުވާނަމަ ސްކޮލަރޝިޕް އަމިއްލައަށް ދޫކޮށްލެއްވީކަމަށް ބެލެވޭނެއެވެ.

- މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ކެންޑިޑޭޓުން ކޯސް އެލޮކޭޓްކުރެވިފައިވާ ހޮސްޕިޓަލެއްގައި، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.

- ކޯސް ފުރިހަމަ ނުކުރައްވައިފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކުރައްވައިފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދު މި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ ދައްކަވަންވާނެވެ.

- ކޯހަށް ހޮވިއްޖެކަން މި މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައްވައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. މި އުސޫލު މި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން އޮންނާނެއެވެ.

- މި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދަންނަވައިފިނަމަ އަވަހަށް ފޮނުއްވެވޭނެގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- ސްކޮލަރޝިޕަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 12 (ބާރަ) މަސްދުވަސް ވަންދެން، މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިންގ ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގ ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުގައިވާ "ރިސޯސަސް" ޓެބުން ލިބެން ހުންނާނެއެވެ.

 

 

އިތުރު      މަޢުލޫމާތު:

ސުންގަޑި: 1 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

18 މޭ 2022
ހޯދާ