މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާއުނގޫދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާއުނގޫދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ( ކުނިކޮށްޓެއް ) ޤާއިމުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު ނަންބަރު: 20/2014/282 (14/07/2014) އިޢުލާނު ފުރިހަމަނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އެމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ބީލަމާބެހޭ ލިޔުންތައް (ބީލަންފޮތް) 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުން ފެށިގެން މާއުނގޫދޫ ކައުންސިލުގެ އިދާރާއިން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ.

ބީލަން ފޯމު ފުރިހަމަ ކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކޮށް 24 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން މާއުނގޫދޫ ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. ބީލަން ކެނޑުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 24 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 13:30 ގައެވެ.

ބީލަމާބެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ނުކުރާނަމަ ނުވަތަ އިވެލުއޭޝަނުން ފާސްނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. ބިޑް އިވެލުއޭޝަން ކްރައިޓީރިއާ އާއި އިތުރު މަޢުލޫމާތު ބީލަން ފޮތުގައި ހިމަނާފައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6540056 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

15 ސެޕްޓެންބަރު 2014
ހޯދާ