ދިވެހިރާއްޖެ
މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގައި ބޭނުން ކުރަމުން ގެންދާ ލޯންޗް މަރާމާތު ކުރުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-CB/1/2014/164)ފ(26 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ލޯންޗް މަރާމާތު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
| ތަފުސީލު | ތާރީޚު | ތަން | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 22 ސެޕްޓެންބަރު 2014 | މާލޭ ސިޓީ ހޯލް | ހޯމަ | 14:00 | 
| އަގު ހުށަހެޅުއްވުމަށް | 28 ސެޕްޓެންބަރު 2014 | މާލޭ ސިޓީ ހޯލް | އާދީއްތަ | 14:00 | 
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
15 ޛުލްޤަޢިދާ 1435
 
                    