މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.ކެލާ މަދަރުސަތުއްޝައިޚް އިބްރާހިމްގެ ކުޅޭދަނޑުގެ ވިނަ ކޮށުމަށް ރައިޑިން ލޭން މޯވަރ އެއް ގަތުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ހއ.ކެލާ މަދަރުސަތުއްޝައިޚް އިބްރާހިމްގެ ކުޅޭދަނޑުގެ ވިނަ ކޮށުމަށް ރައިޑިން ލޭން މޯވަރ އެއް ގަތުމަށް ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މެއިލް ފޮނުވަންޖެހޭ މުއްދަތަކީ އިޢުލާން ދިވެހިސަރުކާރުގެ ގެޒެޓްގައި ޕަބްލިޝްކުރި ގަޑިން ފެށިގެން 30 މެއި 2022 ގެ 14:00 އަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި ، އިޢުލާން ނަންބަރ ، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ ސްކޭން ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަށްވާނެއެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 މެއި 2022 ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރިބިޑް މީޓިންގ އޮންނާނީ 31 މެއި 2022 ދުވަހުގެ ހެދުނު 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޭވީރޫމުގައެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ ހެދުނު 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޭވީރޫމުގައެވެ.
- މިކަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ދިވެހިސަރުކާރުގެ ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝެއިޚު އިބްރާހީމް ސްކޫލް
މިސްކިތްމަގު ކެލާ، ދިވެހިރާއްޖެ.
ފޯން: 6500097
އީ-މެއިލް: [email protected]
18 މޭ 2022
ހޯދާ