ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން 6، 8 އަދި 9 ޖޫން 2022ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮމިސް ޕްރޮޖެކްޓްގެ 3 އިވެންޓެއްގެ ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

ކޭޓަރިންގެ ޚިދުމަތް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ  ފަރާތުން 6، 8 އަދި 9 ޖޫން  2022ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮމިސް ޕްރޮޖެކްޓްގެ 3 އިވެންޓެއްގެ ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި އިވެންޓުތަކަށް ކޭޓަރިންގ ގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ.  

 

  1. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 22 މޭ 2022 ވާ  އާދީއްތަ ދުވަހުގެ 14:00 ގަޑި އިރުކުރިން ޔުނިވާސިޓީގެ ރިސާޗް ޑިވެލޮޕްމަންޓް އޮފީހުގެ އީމެއިލް ([email protected]) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެވުނުތޯ ކަށަވަރު ކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް):

ކުންފުނީގެ ނަން:

ގުޅޭނެ ފޯނު ނަންބަރު:

އީމެއިލް އެޑްރެސް:

މެއިލް ފޮނުވާ ފަރާތުގެ ނަން:

 

  1. ބީލަން ހުށަހެޅުން އޮންނާނީ  25މޭ 2022 ވާ ބުދަ ދުވަހު 13:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ކޯޓޭޝަން
  • އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ދީފައިވާ ފޯމެޓުގައި ފުރިހަމަ ކުރުމަށްފަހު)
  • ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
  • ހިމެނޭ އައިޓަމްތަކުގެ މަޢުލޫމާތު
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކުރާ 3 މަސްދުވަސް ވެފައިނުވާ ޓެކްސް ކްލިއަރެންސް ލިޔުން 
    1. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

     

    ބީލަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް؛

    ރިސާރޗް ޑިވެލޮޕްމަންޓް އޮފީސް

    ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

    ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

    ފޯން: 7953767, 7890069

    އީ-މެއިލް[email protected]

18 މޭ 2022
ހޯދާ