ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ މިދަންނަވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މަގާމުގެ ނަން |
ގާޑު |
ރޭންކް: |
އެސް.އެސް 1 |
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: |
ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
އަސާސީ މުސާރަ: |
3,100.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,000.00 ރުފިޔާ |
ޚާއްޞަ އެލަވަންސް: |
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45) |
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
އޮގްޒިލަރީ ސަރވިސް އެލަވަންސް: |
700.00 ރުފިޔާ |
މަގާމުގެ ޝަރުޠު: |
- ލިޔަން ކިޔަން ދަތުން. - ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ރިހިޖެހިކޮށީގެ ސެކިއުރިޓީ ބެލެހެއްޓުން. |
ހުށަހަޅަންޖެހޭ ތަކެތި: |
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު". ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
އިތުރު މަޢުލޫމާތު : |
މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 2022 މޭ 24 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidency.gov.mv އެވެ. |