ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އެކިއެކި ބޭނުންތަކަށް ލޯންޗް ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކައުންސިލްގެ އެކިއެކި ބޭނުންތަކަށް ލޯންޗް ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުން:

މިކައުންސިލުން ދ، ފ އަދި އދ އަތޮޅުތަކުގެ ރައްތަކަށް ކުރަންބޭނުންވާ ދަތުރުތައް ކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތައް ދަތުރުކުރާނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ 14 އޭޕްރިލް 2022 ގައި ކޮށްފައިވާ ނަންބަރު: (IUL)372-A1/372/2022/29 ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ފ.މަގޫދޫ ކައުންސިލުން ދ، ފ އަދި އދ އަތޮޅުތަކުގެ ރައްތަކަށް ކުރަންބޭނުންވާ ދަތުރުތައް ކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތައް ދަތުރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މެއި 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ.

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި، ކުންފުނި، ޕާޓްނާޝިޕް ފަދަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ  ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަން ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރޭޝަން ފޯމާއެކު މެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން

2022 މެއި 25 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ.

ބީލަން ހުޅުވާނީ 2022 މެއި 25 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

  1. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ޕްރޮފޯސަލް ހުށައެޅުއްވުން އެދެމެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ކައުންސިލްގެ އެކިއެކި ބޭނުންތަކަށް ލޯންޗް ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.  
  2. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ޕްރޮޕޯސަލްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  3. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

 

16 ޝައްވާލް 1443

17 މެއި   2022

17 މޭ 2022
ހޯދާ