އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު: މަސައްކަތު

ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް. 1

މަސައްކަތް ހަމަޖެހިފައިވާ ތަން: އަމީނިއްޔާ ސްކޫލް  

ބޭނުންވާ ޢަދަދު: 02

މުސާރަ: -/3100 ރ.

ސަރވިސް އެލަވަންސް: -/1000 ރ.

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން

- ކްލާސްތަކަށް ގެންދަންޖެހޭ ތަކެތި ވަގުތުން ގެންގޮސް ޙަވާލުކުރަންޖެހޭ ފަރާތާއި ހަވާލުކުރުން

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރު ކުރުމަށް އެހީތެރިވުން. 

- ސްކޫލުން ހަމަޖައްސާ ޑިއުޓީ ތަކަށް ނުކުމެ އެ ޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން

- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

 

ހުށަހަޅަންޖެހޭ ތަކެތި:      

- ވަޒީފާއަށް އެދޭ ފޯމު

- އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް

- ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރެއްވި މުއްދަތު އެނގޭ ގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް

 

ސުންގަޑި:                   

 މަޤާމުތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާ އެއްކޮށް އަމީނިއްޔާ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް:           

ފޯން: 3008736 

ފެކްސް: 3313726

- ވަޒީފާއަށް އެދޭ ފޯމު އަމީނިއްޔާ ސްކޫލުން ލިބެން ހުންނާނެއެވެ.

       ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ އަމީނިއްޔާ ސްކޫލްގައެވެ.

                        20 ޛުލްޤަޢިދާ 1435

15 ސެޕްޓެންބަރު 2014
ހޯދާ